ކ.ހުރާއަށް ދިވެހި ސަރުކާރުގެ ބަޖެޓުގައި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކަންކަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްުޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް މިހެން ވިދާޅުވީ، މާލެ އަތޮޅު ހުރާ ކައުންސިލުގެ މެންބަރުންނާއެކު މިއަދު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ދިމާވާ ދަތިތައް ވަނީ، މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި އެމަނިކުފާނާ ހިއްސާ ކުރައްވައިފައެވެ.
މިބައްދަލުވުމުގައި، ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހިއްސާކުރައްވާ ހައްލުކޮށްދެއްވުމަށް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންފައި ވެއެވެ. އަދި މީގެ އިތުރުން މިހާރު ރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުށާއި ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ އޮޅުންފިލުއްވައި ދެއްވަވައި ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށްވެސް ހުރާ ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި، ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ބަލާލާއިރު އެމަނިކުފާނު ވިދާޅުވީ، ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންތައްތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ.
ރަށުގެ ހާލަތު ބަޔާންކުރައްވަވާ، ދިމާވަމުންދާ މައްސަލަތަކާއި ދަތިތަޢް އޮޅުންފިލުވައިދީ ހިއްސާކުރެއްވުމަށް، ގިނަ ކައުންސިލުތަކަކުން ރައީސުލްޖުމުހޫރިއްޔާއާއި ބައްދަލު ކުރައްވަމުންދާކަން ފާހަގަކުރެވެއެވެ.