ނަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ރަމްސޭ ޖުވެންޓަސްއަށް ބަދަލުވާން އެއްބަސް ވެއްޖެއެވެ. ހަފްތާއަކު 400 ހާސް ޕައުންޑް ލިބޭގޮތަށް ޖުވެންޓަސްއާއެކު ހަދާފައިވާ މިއެއްބަސްވުމާއިއެކު އިނގިރޭސި ވިލާތަށް ނިސްބަތްވާ އެންމެ އަގު ބޮޑު ކުޅުންތެރިއަކަށް ރަމްސޭ ވެގެންދާނެއެވެ.
މިސީޒަނަށްފަހު ޖުވެންޓަސްއާ ގުޅުމަށް އެއްބަސްވެފައިވާ ރަމްސޭ ޖުވެންޓަސްއާ ގުޅުމުގެ ކުރިން ޕްރިމިއަރ ލީގުގެ ޔުނައިޓެޑު އަދި ލިވަރޕޫލް ދިޔައީ ފާރަލަމުންނެވެ. މީގެ އިތުރުން ބާސާ، ޕީއެސްޖީ، ބަޔާން، އިންޓަރ އަދި ރެއަލްވެސް ރަމްސޭއާއެކު ވާހަކަދެކެވުނުކަން ރިޕޯރޓްތައް ބުނެއެވެ. އަދި ރަމްސޭގެ ކޮންޓްރެކް އާ ކުރުމަށް އާސެނަލްއިންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ރަމްސޭ މަޑުކުރުމަށް ބުނާ އަގު ބޮޑުކަމުން އާސެނަލްއިން ނިންމީ ރަމްސޭ ވިއްކާލާށެވެ.
2008 ވަނަ އަހަރު 4.8 މިލިއަން ޕައުންޑަށް ކާރޑިފްއިން އާސެނަލްއަށް ބަދަލުވި ރަމްސޭ 359 މެޗު އާސެނަލްއަށް ކުޅެދީފައިވާއިރު އާސެނަލްއާއިއެކު 3 އެފްއޭ ކަޕް ކާމިޔާބުކޮށްފައިވެއެވެ.
މިއާއެއްބަސްވުމާއިއެކު 28 އަހަރުގެ ރަމްސޭ އިނގިރޭސި ރެކޯޑު ފޮތަށްއަރާއިރު، ދުނިޔޭގެ ފުޓުބޯޅައިގެ އަގު ބޮޑު ޓްރާންސްފަރގެ 8 ވަނައަށް އަރާނެއެވެ. އަދި މިހާރު އާސެނަލްއިން އެންމެ ގިނަ ޚަރަދެއްކުރާ އެޓީމުގެ މެސުޓް އޮޒިލްވެސް ފަހާލާނެއެވެ.




