ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ތާޢީދާއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެމަނިކުފާނު ރޭ ބައްދަލުކުރައްވައިފިއެވެ.
ދާދި ދެންމެ މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ތާޢީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު މުހިންމު އަދި ބޭނުންތެރި ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށެވެ.
މަޢުމޫންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއިރު، އެމަނިކުފާނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ 30 އަށްވުރެ ގިނަ ދާއިރާއަށް ވާދަކުރާނެ ކަމަށް ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަޖިލިސް އިންތިޚާބުގައި މަޢުމޫންވެސް ފުރަތަމަ ބެއްލެވީ ކޯލިޝަނާއެކު 13 ދާއިރާއަކަށް ވާދަކުރެއްވުމަށެވެ. ނަމަވެސް ކޯލިޝަނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މަޢުމޫންވެސް ކެންޑިޑޭޓުން ނުރުއްވަނީ ވާދަވެރި މާހައުލަކަށެވެ.
މަޖިލިސް އިންތިޚާބަށް ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ގެންދަވަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ.