ކޮރަޕްޝަންގެ މައްސަލަތައް ސިއްރުން ހުށަހެޅޭނެ ޕޯޓަލް ޤާއިމުކޮށްފި

ސަރުކާރުގެ ވުޒާރާތައް ކޮރަޕްޝަނުގެ ވަކިތަނުން ސަލާމަތްކޮށް، ނަޒާހަތްތެރި ތަންތަނަށް ހެދުމަށްޓަކައި، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ރިޕޯޓް ކުރެވޭނެ ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ދާދި ދެންމެ ރައީސް އޮފީހުގައި ބެއްވި "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޞޯލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްއައި، ދައުލަތުގެ އިސް ވެރިންގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޕޯޓް ކުރަނީ ކާކުކަން ނޭނގޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކިގައި 60 އަށްވުރެ ގިނަ ޕްރޮޖެކްޓްތަކުގައި މި ސޮފްޓްވެއަރ ބޭނުންކޮށްފައިވާއިރު، އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންތަކާއި، އޯސީސީއާރުޕީ ފަދަ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއީއްޔާތަކާއި، އެމްނެސްޓީ އިންޓަނޭޝަނަލްވެސް ހިމެނެއެވެ.

މައްސަލަ ހުށަހަޅުއްވާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް އަދި ހުށަހަޅުއްވާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވޭނެ ގޮތް ކަށަވަރު ކުރުމަށްޓަކައި، ޕީޖީޕީ އެންކްރިޕްޝަން އަދި ޓޯ-ހިޑެން ސަރވިސަސް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭނުންކޮށްފައިވެއެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއްނޫން. މިއީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ތަހައްމަލްނުކުރާނެ ކަމުގެ ޔަގީންކަން ހާމަކޮށްދޭ ސިޔާސަތެއް." ކެމްޕެއިން ލޯންޗުކޮށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ވަރުގަދަ ކެމްޕޭނެއް ލޯންޗް ކުރިއިރު، ކޮރަޕްޝަން ވެފެއިވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ