"ހީލީމާ އެގެއިން" ލޯބިވެރިންގެ ދުވަހަށް

2016 ވަނަ އަހަރު ފެނިގެން ދިޔަ އަގުބޮޑު ކާމިޔާބު ވީޑިއޯ ލަވަ "ހީލީމާ" ގެ ސީކުއަލް "ބޭނުން ހީލިމާ އެގެއިން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

3 ލައްކަ ރުފިޔާގެ ބަޖެޓަކަށް ރާއްޖޭގައި ހެދުނު އެންމެ އަގުބޮޑުލަވަ "ހީލީމާ" އިން، މަޝްހޫރު ދެތަރިންކަމުގައިވާ މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމައިހް ފެނިގެން ދިޔައިރު، މި ލަވައިގެ ރިކްރިއޭޝަން އިން ފެނިގެންދާނީ، ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނާއި، 2018 ވަނަ އަހަރުގެ "ޓޮޕް މޮޑެލް މޯލްޑިވްސް" ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދެވެ.

އިމޭޖިނޭޝަން ރިއަލިޓީގެ ޕޮރޮޑަކްޝަންގެ ދަށުން އިބްރާހީމް އަޒްހާން ޑައިރެކްޝަން ހަދާފައިވާ "ބޭނުން ހީލިމާ އެގެއިން" ލަވައިގެ ޓްރެއިލާ ބެލުންތެރިންނާހަމައަށް ދޫކޮށްލައިފައިވާއިރު، މި ލަވައިންވެސް ކުރީގެ ލަވަ "ހީލީމާ" އިން ގެނެސްދިން ކަހަލަ ތަފާތު ހިތްގައިމު ރޮމޭންޓިކް ފީލްއެއް ގެނެސްދީފައިވާކަން ޓްރެއިލާއިން ފެނިގެންދެއެވެ.

މަރިޔަމް އަޝްފާ އަދި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ އަޑުން "ހީލީމާ" ލަވަ އިވިގެން ގޮސްފައިވާއިރު، "ހީލިމާ އެގެއިން" އިން އިވިގެންދާނީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފްއާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމްގެ އަޑެވެ.

ލޯބިވެރިންގެ ދުވަސް،14 ފެބްރުއަރީ ގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ، "ބޭނުން ހީލިމާ އެގެއިން" ގެ މަންޒަރުތައް ނަގާފައިވަނީ،މާލެ، ވިލިނގިލި. ހުޅުމާލޭ އަދި ރާއްޖޭގެ ބައެއް ރަށްތަކުގަ އެވެ.

"ހީލީމާ" މި ލަވައަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، ރަޝިއާގެ ޓީވީ ޗެނަލެއް ކަމުގައިވާ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ޓްވީޓްކޮށް އިޝްތިހާރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް