ޑެނީ އަލްވޭސް، އުމުރުން 36 އަހަރު، 40 ތަށި މިހާރުވެސް ކާމިޔާބުކޮށްފި

ބްރެޒިލްގެ ފަހަތަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ކެޕްޓަން ޑެނީ އަލްވެސް ރޭގައި ހޯދި ކޮޕާ އެމެރިކާ ތައްޓާއެކު ކެރިއަރުގައި މިހާތަނަށް ޖުމްލަ 40 ތަށި ކާމިޔާބުކޮށްފިއެވެ.

މިއަދަދަށް އަދި އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކަށް ތަށި ހޯދިފައެއް ނުވެއެވެ.

ބްރެޒިލްގައި ރޭ ކުޅެވުނު މިމުބާރާތުގެ ފައިނަލް، ޕެރޫއާއި ބައްދަލުކޮށް ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ބަރެޒިލްއަށް ލަނޑުތައް ޖަހައިދިނީ އެވަޓަން، ޖީސޫސް އަދި ރިޗާލިސަންއެވެ.

ޕެރޫގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕައޮލޯ ގޮރޭރޯއެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު ޑެނީ އަލްވޭސްގެ ފަރާތުންވަނީ ތަފާތު މޮޅު ކުޅުމެއް މުޅި މުބާރާތުގައި ފެނިގެން ގޮސްފައެވެ.

މިއީ އަލްވެސް ކޮޕާ އެމެރިކާ ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ކޮޕާ އެމެރިކާގެ އިތުރުން އިތުރު ދެ ތައްޓެއް އަލްވެސް ބްރެޒިލްގެ ޤައުމީޓީމާއެކު ކާމިޔާބުކޮށްފައިވެއެވެ.

މީގެ އިތުރުން ސެވިއްޔާގައި 5 ތައްޓެއް ކާމިޔާބުކުރި އަލްވޭސް އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއެކުގައެވެ. ސެވިއްޔާ ދޫކޮށް ބާސެލޯނާއަށް އަލްވޭސް ބަދަލުވީ 2008 އަހަރުއެވެ.

ބާސެލޯނާގައި ހޭދަކުރި 8 ސީޒަންގައި އަލްވެސް 23 މުބާރާތެއްވަނީ ކާމިޔާބުކޮށްފައެވެ.

ބާސެލޯނާ ދޫކޮށް 2016 ވަނަ އަހަރު ޔުވެންޓަސް ބަދަލުވި އަލްވެސް އެޓީމާއެކު ދެތަށި ކާމިޔާބުކުރިއެވެ. އަދި އޭގެ ފަހުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެ އެޓީމާއެކު 6 ތަށިވަނީ ކާމިޔާބުކޮށްފައެވެ.

ނިމުނު ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އަލްވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ