ފޮކްސް ހޯސްޓް ޕީޓާ ހެގްސެތް އަތް ނުދޮންނަތާ ދިހަ އަހަރު!

ފޮކްސް ނިއުސްގެ ހޯސްޓް ޕީޓާ ހެގްސެތް އަތް ނުދޮންނަތާ 10 އަހަރު ވެދާނެ ކަމަށް ބުނެފިއެވެ.

ފޮކްސް އެންޑް ފުރެންޑްސް ޕްރަގްރާމްގައި ވާހަކަ ދައްކަމުން ހެގްސެތް ބުނެފައިވަނީ އަތް ނުދޮންނަތާ 10 އަހަރު ވެދާނެ ކަމަށާއި އަތް ނުދޮންނަނީ ޖަރާސީމަކީ އަސްލެއް ކަމަށް ނުދެކޭތީއެވެ. އަދި ޖަރާސީމަކީ އަސްލު ނަމަ އިތުރު ވަސީލަތެއްގެ އެހީއާއި ނުލާ ފެންނަން ވާނެ ކަމަށެވެ.

ހެގްސެތުގެ ކޮމެންޓާއި ގުޅިގެންވަނީ އާންމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައެވެ. މިގޮތުން ހެގްސެތުގެ ކޮމެންޓައް އެއްބަޔަކު ތާއީދު ކުރިއިރު އަނެއްބަޔަކުވަނީ ފާޑު ކިޔައިފައެވެ.

ޔޫއެސްއޭ ޓުޑޭގައި ފަހުން ވާހަކަދައްކަމުން ހެގްސެތު ބުނެފައިވަނީ އޭނާ އެވާހަކަ ދެއްކީ މަޖަލަކަށް ކަމަށާއި ބުނެލާ ބަހުގައި ހިފައި އެހާ އަވަހަށް ސީރިއަސްވާތީވެ އަޖައިބުވެފައި ހުރި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް