ބަލައިނުގަތް އެމްޑީޕީގެ ފަސް ފޯމް އަލުން އިލެކްޝަނަށް ހުށަހަޅައިފި

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީން ހުށަހެޅި 86 ފޯމްގެ ތެރެއިން އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލައި ނުގަތް 10 ފޯމުގެ ތެރެއިން ފަސް ފޯމެއްގެ މައުލޫމާތުތައް ފުރިހަމަކޮށް ދެވަނަ ފަހަރަށް އީސީއަށް ހުށަހަޅއިފިއެވެ.

އެމްޑީޕީއިން ސިލްސިލާކޮށް ބާއްވަމުންދާ ޕްރެސް ބްރީފިންގައި، އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ، ބަލައިނުގަތް ފޯމުތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ފަސް ފޯމެއް އަލުން އިލެކްޝަނަށް ހުށަހަޅުއްވާފައިވާކަމަށެވެ.

އަފްޝަން ވިދާޅުވީ، މަޢުލޫމާތު ފުރިހަމަ ނުވެގެން ބަލައި ނުގަތް ފޯމުތަކުގެ ތެރެއިން ފަސް ފޯމު މިއަދު ހުށަހެޅުއްވި ނަމަވެސް، ބާކީ ފޯމުތައްވެސް މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ވަރަށް އަވަހަށް އިލެކްޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން އިލެކްޝަނަށް ފޯމު ހުށަހަޅުއްވާފައިވާއިރު، އޭގެ ތެރެއިން ބަލައި ނުގަނެ ފޮނުވާލާފައިވަނީ ކޮން ދާއިރާތަކެއްގެ މެންބަރުންކަން އެމްޑީޕީން ހާމަކޮށްފައި ނުވި ނަމަވެސް، ޞައްޚަ 76 ފޯމުގެ ވެރި ފަރާތްތަކަށް އެކަން އީސީން ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން އަންގާފައެވެ.

މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ އެންމެ ކުރީގައި އެމްޑީޕީ އޮތްއިރު، އެހެން ޕާޓީތަކުންވެސް އަންނަނީ އިލެކްޝަނަށް ފޯމު ހުށަހެޅުއްވުމަށް ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ