ޖޭޕީން ޓިކެޓް ނުދިނުމުން ލަތީފް ދިއްދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާނީ

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަމިއްލަގޮތުން  އެދާއިރާއަށް ވާދަކުރައްވަން ނިއްމަވައިފިއެވެ.

ލަތީފް ދިއްދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފައި މިވަނީ، މިފަހަރު  ޖުމްހޫރީ ޕާޓީން ދެފަހަރެއްގެ މަތިން 45 ބޭފުޅަކަށް ޕާޓީގެ ޓިކެޓް ދީފައިވާއިރު އޭގެތެރޭގައި ލަތީފް ނުހިމެނުމުންނެވެ.

"ރައްޔިތުންގެ މެމްބަރު"ގެ ގޮތުގައި ލަތީފް ކެމްޕޭން ފެއްޓެވައިފައިވާއިރު، ދިއްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމީފައިމިވަނީ އެ ދާއިރާގެ ޒުވާނުންނާއި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް ލަތީފް ވިދާޅުވިއެވެ.

2014 ވަނަ އަހަރުވެސް ލަތީފް މަޖިލީސް އިންތިހާބުގައި އަމިއްލަ ގޮތުން ދިއްދޫ ދާއިރާއަށް ވާދަކުރައްވާ އިންތިޙާބުވެވަޑައި ގަނެފައިވާއިރު، ލަތީފު ވިދާޅުވީ، އޭނާ ދެ ވަނަ ދައުރަކަށް ހޮވައިފި ނަމަ، ފަސްވައުދެއް ދާއިރާގެ ރައްޔިތުންނަށް ފުއްދަވައި ދެއްވާނެކަމަށެވެ.

ދާއިރާގެ ތިން ޒުވާނަކަށް ނާސިން ކޯސް ފުރިހަމަ ކޮށްދެއްވުމާއި، ތިން ޒުވާނަކަށް ޕައިލެޓް ކަން ކިޔަވެމުގެ މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމާއި އަދި ދިއްދޫގައި ހާފިޒުން އުފެއްދުމަށް އެހީތެރިވެ، ރަށުގައި ގާއިމުވެފައިވާ ގުރުއާން ކްލާސްތަކަށް ދެ ހާފިޒުން ހޯއްދަވައި ދެއްވުމަކީ ލަތީފްގެ ވައުދު ތަކުގެތެރެއިން ހިމެނޭ ވައުދުތަކެވެ.

ދިއްދޫ ދާއިރާއަށް ކުރިމަތިލައްވާކަން އިއުލާނުކުރައްވާ ދާއިރާއަށް ރައްޔިތުންނަށް ލަތީފު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުވި މެންބަރުންގެ ތެރޭގައި އެބޭފުޅާ ހިމެނޭނެކަމަށާއި ދިއްދޫގެ ތަރައްގީއަށް ބޭނުންވާ އެކިއެކި މަޝްރޫއުރުތައް ބަޖެޓްގައި ހިމެނުމަށް އަޑުހަރުކޮށް ވަކާލާތުކޮށް، ދިއްދޫގައި ބިޔަ ބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައިދީފައިވުމަކީ، ދެވަނަ ދައުރަކަށް ލަތީފް ހޮވަން ޖެހޭނެ ސަބަބެއްކަމަށެވެ.

އަބްދުއްލަތީފް މުހައްމަދަކީ، ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީސް ރައީސް ޔާމީން ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާއެކު ދެކޮޅަށް ނުކުމެވަޑައިގަން އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ