ޕެޕްސީ އިން އެމީހުންގެ އެންމެ ފަހުގެ އިޝްތިހާރުދައްކާލައިފިއެވެ. މިއިޝްތިހާރުގައި 2016 ވަނަ އަހަރުން ފެށިގެން އެމީހުންގެ އެމްބެސަޑަރެއްގެ ގޮތުގައިހުރި ލިވަރޕޫލްގެ މުޙައްމަދު ސަލާ އަދި ބާސާގެ ތަރި ލިއޮނަލް މެސީ ފެނިގެންދާއިރު، މިއިޝްތިހާރު ފެށިގެންދަނީ މެސީ އަދި ސަލާ ޕެޓްރޯލް ސްޓޭޝަންއަކާ ހަމައަށް އަންނަ ހިސާބުންނެވެ.
މިދެކުޅުންތެރިންނަށް މިސްޓޭޝަނަށް އައުމާއެކު އެތާހުރި އައިސްއަލަމާރިއެއް ތެރޭގައިވާ ޕެޕްސީ ދަޅެއް ފެނެއެވެ. މިއައިސްއަލަމާރިގައި ޕެޕްސީ އެންމެ ދަޅެއް ހުރިއިރު މިދަޅުގެ ހައްޤުވެރިއަކު ހޯދުމަށް ދެކުޅުންތެރިންވެސް ބޯޅައިގެ ތަފާތު ހުނަރުތަކާއެކު އެއްކުޅުންތެރިއަކު އަނެއްކުޅުންތިރައަކާއެކު ވާދަކުރަން ފައްޓައެވެ. އެއްކުޅުންތެރިއަކުވެސް ދުލެއްނުދީ ފޯރިއާއެކު މިވާދަކުރުމުގައި ހުއްޓާ އެތަނަށް އަންނަ ތިން ވަނަ މީހަކު މި ޕެޕްސީ ދަޅު ބޯލާތަން މިދެކުޅުންތެރިންނަށް ފެނެއެވެ. އަދި އެއާކު އެތަނަށް އަންނަ ޕެޕްސީ ލޮރީއެއް ފަހަތުން ދެކުޅުންތެރިން ދުއްވައިގަނެއެވެ.
ފުޓްބޯޅަ ކުޅުންތެރިން ބޭނުންކޮށްގެން ޕްރޮޑަކްޓް ޕްރޮމޯޓް ކުރުމުގެ އާދައެއް ގެންގުޅޭ ޕެޕްސީއިން އެމީހުންގެ އިޝްތިހާރުތަކުގައި ޑޭވިޑް ބެކަމް، ރޮބާރޓޯ ކާލޮސް އަދި ކާލި ލޮއިޑްފަދަ މަޝްހޫރު ކުޅުންތެރިން ބޭނުންކޮށްފައިވެއެވެ.