ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސ.ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ، ޙުސައިން މުފީދު ފެނަކައިގެ ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓު އިއްޔެގެ ވަގުތެއްގައި މުފީދަށް ފޮނުވާފައިވާއިރު، އޮންލައިން ނޫސް ވަގުތު" އަށް މުފީދު ވިދާޅުވެފައިވަނީ، ވަޒީފާއިން ވަކިކުރިކަން އަންގާފައި ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގޭގަ މަޑުކުރަން އެންގުމަށްފަހު ކަމަށާއި، ވަޒީފާއިން ވަކިކުރި ސަބަބެއް އަންގާފައި ނުވާކަމަށެވެ.
މުފީދު ވިދާޅުވެފައިވަނީ، ވަޒީފާއިން ވަކިކުރީ ޖަނަވަރީ 13 ވަނަ ދުވަހުން ފެށިގެން ތިން ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، ސުވާލުތަކަކަށް ޖަވާބުދޭން ހުޅުމީދޫ ބްރާންޗަށް ހާޒިރުވާން އެންގުމުން ހާޒުވި ކަމަށާއި، ނަމަވެސް ސުވާލު ކުރާނެ މީހަކު ނެތް ކަމަށެވެ.
އިތުރަށް މުފީފު ވިދާޅުވެފައިވަނީ، ވަޒީފާއިން ވަކުކުރި ސަބަބެއް ނޭނގޭ ކަމަށާއި، އަނިޔާވެރިކަން ނިންމާނެކަމަށް ބުނެ މިއައި ސަރުކާރުގެ އަނިޔާވެރިކަން މާ ބޮޑު ކަމަށާއި، މި މައްސަލަ ކަމާއި ބެހޭ މުޢައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.
ނުހައްޤުން ވަޒީފާއިން ވަކިކުރިކަމަށް މުފީދު ތުހުމަތު ކުރާއިރު، ސަރުކާރުގެ ކޮރަޕްޝަނާއި، ފަސާދަ ހުއްޓުވަން ރައީސް މިއަދު ވަނީ އޮންލައިން ޕޯޓަލެއް ޤާއިމުކޮށްފައެވެ.
ވަޒީފާ އަދާކުރާ ފަރާތްތައް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްވެސްމެއެވެ.