މިދުވަސްވަރަކީ އާރޖެންޓީނާގައި އާދަޔާ ހިލާފަށް ފިނިބާރު ދުވަސްކޮޅަކަށް ވުމުން، މި ކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނީ އެ ގައުމުގެ މަގުތަތަކުގައި ދިރިއުޅެމުންދާ ހާލުގައިޖެހިފައިވާ މީހުންނަށެވެ.
އެގައުމުގެ އިގުތިސާދީ ހާލަތުވެސް ދަށްވެފައިވާ ދަނޑިވަޅެއްގައި އަދި މަގުތަކުގައި ދިރިއުޅެމުންދާ މީހުން އެ ގައުމުގައި އިތުރުވަމުން އަންއިރު، ގައުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ބާސެލޯނާގެ ތަރި މެސީ މިވަނީ، އެ ގައުމުގައި ގެދޮރު ނެތި މަގުމަތީގައި ދިރިއުޅޭ މީހުންނަށް އޭނަގެ ރެސްޓޯރެންޓަކުން ކާބޯތަކެތި އެމީހުންނަށް ފޮރުކޮށްދީފައެވެ.
ބޭރުގެ ހަބަރުތައް ބުނާގޮތުން "ވީ.އައި.ޕީ" ނަމަކަށް ކިޔާ މި ރެސްޓޯރެންޓުން، މަގުމަތީގައި ދިރިއުޅެމުންދާ މީހުންނަށް ހޫނު ކާބީތަކެތި މިހާރުވެސް ފޮރުކޮށްދެމުން އަންއިރު ކުރިއަށް އޮތްތާގައިވެސް މެސީގެ އެ ރެސްޓޯރެންޓުން އެމީހުންނަށް އެހީ ފޯރުކޮށްދޭނެއެވެ.

"ބައިވަރު މީހުންގެ އަންނައިރު އެމީހުން ވަރަށް އިޚްތިރާމްކުރޭ މިތަނަށް، ފަނަރަ ދުވަސް ވައްދެން މިމައްސަކަތް ކުރިއަށް ގެންދަން ނިންމާފައިއޮތީ. އެއީ ކޮންމެ ރެއެއްގެވެސް 19:00 ން 21:00 އަށް" ރެސްޓޯރެންޓްގެ މެނޭޖަރު ބުންޏެވެ.
ނިމިގެންދިޔަ ކޮޕާ އެމެރިކާގައި މުބާރާތުގެ ތިން ވަނަ އާޖެންޓީނާއަށް ލިބިފައިވާއިރު، މެޗުގައި މެސީއަށްވަނީ ރަތްކާޑެއްވެސް ދައްކާފައެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި ދެއްކި ދެވަނަ ރަތްކާޑެވެ.



