ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

މިމަހު 25 ގައި މަޖިލިސް ޖަލްސާތައް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހުގެ 25 ގައި ފަށާގޮތައް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާ އެކު މަޖިލީހުގެ ރައީސްމިއަދު ބޭއްވެވި ބައްދަލުވުމުގައި ނިންމައިފިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ މިމަހު 7 ގައި ބޭއްވި އިރު، މިޖަލްސާގައި ރައީސް ޞާލިޙްވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން މަޖިލީހަށްހުށައަޅާފައެވެ. މިބަޔާނަށް ގިނަ ރައްޔިތުންގެ ރަޢުރީފު ލިބިފައިވާއިރު ރައީސް ޞާލިޙްގެ ރިޔާސީ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ގުޅިފައިވާ ގިނަކަންކަމާއި ގުޅޭ ބިލްތަކެއް މަޖިލީހަށް ހުށައެޅުމަށް ސަރުކާރުންވަނީ ތައްޔާރުވެފައެވެ.

އާދައުރައް މަޖިލީސް އިންތިޙާބު ބޯމަތިވެފައިވާއިރު މިދައުރުގައި މަޖިލީހުން ފެނިގެންދިޔަ ބައެއްމެންބަރުން އާދައުރުގެ މަޖިލީހުން ނުފެނުމަކީ ކައިރިކަމެވެ. އަދި އާ މެންބަރުން ތަކެއް ފެނުމުގެ ފުރުސަތު ބޮޑުއިރު ހުރިހާރައްޔިތުންގެ ވެސް އުންމީދާކަށްވާނީ އެބައެއްގެ މެންބަރުންގެ ފަރާތުން ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ