ޒަކާތު ފަންޑުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަލަހައްޓަމުންދާ ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ޒަކާތު ފަންޑުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލީ  ޑިސެމްބަރ އިން ފެށިގެން އެ ފުރުޞަތު ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފުދުންތެރިކަން ނެތް ފަރާތްތަކުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާއި، ސިޓީފަދަ ތަކެތި ބަލައިގަތުން، 2018 ޑިސެމްބަރ 23 ގައި މެދުކަނޑާލީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ފަންޑުތަކުގެ 2018 ވަނަ އަހަރުގެ އޮޑިޓް މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

މިއަދުން ފެށިގެން އެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

"12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 އާއި ހަމައަށް ފޯމްތަކާއި ސިޓީފަދަ ތަކެތި ބަލައިގަންނަން ހަމަޖެހިފައިވާ ވާހަކަ ދަންނަވަން." އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައި ވިދާޅިވެފައިވެއެވެ.

ޒަކާތު ފަންޑަކީ އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ މުހިންމު ބޭނުންތަކަށް ބޭނުންކުރާ ތަނަވަސް ފަންޑެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ