rrem

ކާރަކުން ޖެހުނު އަންހެނަކަށް އައިސީޔޫގައި ފަރުވާދެނީ

މިރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ސެނެހިޔާ ކައިރީ ކަފި ހުރަސްމަތިން މަގު ހުރަސް ކުރަމުން ދިޔަ މެދު އުމުރުގެ އަންހެނެއްގެ ގައިގަ ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 18:24 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ދެމީހަކު ވަނީ ކާރުގައި ޖެހި އަނިޔާވެފައި ވީނަމަވެސް، ދެމީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެކަކަށެވެ. އަނިޔާވި އަންހެން މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.

އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ސިނަމާލެ ބުރިޖާއި، ބުރިޖާ ގުޅިފައިވާ ހައިވޭ އަދި މަގުތަކުގައި ހިނގާ އެކްސިޓެންޓްތައް މި ފަހަކަށް އައިސް ވަނީ އިންތިހާއަށް އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ