ދިއްލީގެ ހޮޓަލެއްގައި ރޯވެ 17 މީހުން މަރުވެއްޖެ

މިއަދު ފަތިހު ދިއްލީގެ ހޮޓަލެއްގައި ރީވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހުން މަރުވެއްޖެއެވެ. މީގެތެރެއިން ބައެއް މީހުން މަރުވެފައިވަނީ އަލިފާނުން ސަލަމަތް ވުމަށްޓަކައި ފުންމާލުމާއި ގުޅިގެންނެވެ.

ހަބުރިއަށް ހަދާފައިވާ މިހޮޓަލުގައި އަލިފާން ރޯވެފައިވަނީ މިއަދު ފަތިހު ހަތަރެއް ޖަހާކަންހާއިރުކަމަށް މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ އެންޑީޓީވީ އިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު ހަތެއް ޖެހި ފަހުންނެވެ.

މީގެ 25 އަހަރު ކުރިން އިމާރާތް ކޮށްފައިވާ މިހޮޓަލުގައި އަލިފާން ރޯވިއިރު 150 މީހުން ތިބިކަމަށް ހޮޓަލުގެ މުވައްޒަފުން މައުލޫމާތު ދެއެވެ. މިހާދިސާއާއި ގުޅިގެން ހޮޓަލުގެ ޖެނަރަލް މެނޭޖަރ މިހާރުވަނީ ހައްޔަރު ކޮށްފައެވެ. އަދި މިމައްސަލަ މިހާރުދަނީ ތަހުގީގް ކުރަމުންނެވެ.

ފުލުހުންގެ ޑިޕިއުޓީ ކޮމިޝަނާ މަންދީޕް ސިންގް ރަންދަވާ ވިދާޅުވީ ހޮޓަލުގައި އަލިފާން ރޯވި ސަބަބެއް އަދިވެސް ނޭނގޭ ކަމަށެވެ.

އަލިފާން ރޯވި ހޮޓާ ހުންނަނީ ދިއްލީގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. ފިހާރަތައް ގިނަ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ޓޫރިސްޓުން ވެސް ހަރަކާތްތެރިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ