އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ - ފޮޓޯ: ރައީސް އޮފީސް

މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފިން - މިނިސްޓަރު

ނިމިދިޔަ ރައީސް ޔާމުނުގެ ސަރުކާރުގައި، ސުކޫލް ތަކުން މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށްގެން  ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށްވެސް މިހާރު އަނބުރާ  ވަޒީފާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މީހަކު އަޅާ ހެދުމެއްގެ ނުވަތަ އެ މީހަކު ހުންނަ ގޮތެއްގެ ސަބަބުން، އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ބުރުގާ ނާޅާ ޓީޗަރުންނަށް ވެސް ސުކޫލްތަކުން މިހާރު ވަޒީފާ ހަމަޖެހޭނެ ކަމަށް ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މޫނު ބުރުގާ އަޅައިގެން ކިޔަވައި ދެމުން އަންނަ ޓީޗަރުންނަށް މިނިސްޓްރީން ޝަރުތެއް ކަނޑައަޅާފައިވާ ކަމަށާއި، އެ ޝަރުތަކީ، ދަރިވަރުންނަށް ކިޔަވައި ދެނީ  ކާކުކަން އެނގެންވާނެ ކަމަށެވެ.

"ދަރިވަރުންނަށް އެނގެންވާނެ ކާކުކަން ކިޔަވައި ދެނީ،" ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.

މޫނު ބުރުގާ އެޅުމަކީ ދީނުގައި މަނާ ކަމަކަށް ނުވާއިރު، މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރުން ވެފައިވަނީ ދިވެހިންގެ ގިނަ ބަޔަކު ބަލައި ނުގަތް ކަމަކަށެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ފަޔާ

    އަދިވެސް ބުނޭ ***** އުމަރު އަންހެނުން މޫނު ބުރުގާ ނޭޅޭނެޔޭ އޭރުން ކަލެއަށް ލިބޭނެ ހުށައަލާފަ އޮތްވަރު

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް