ސަތޭކަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއްކޮށް ކަޅު ލެޕާޑެއްގެ ފޮޓޯ ނެގިއްޖެ

ސަތޭކަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއްކޮށް ކަޅު ލެޕާޑެއްގެ ފޮޓޯ ނެގިއްޖެއެވެ. މިފޮޓޯ ނަގައިފައިވަނީ އިނގިރޭސި ވިލާތުގެ ވައިލްޑްލައިފް ފޮޓޯގްރާފަރ ވިލް ބުރެޑް ލޫކަސް އެވެ.

މިފޮޓާ ނަގައިފައިވަނީ ހަނދުވަރުދޭ ރެއެއްގައި ކެންޔާގެ ޖަންގަލިންނެވެ. ފޮޓޯ ނެގުމުގެ ކުރިން ގަބޫލުކުރެވިފައިވަނީ މިވައްތަރު ލެޕާޑު އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ފޮޓޯއިން ފުރަތަމަ ލެޕާޑް ފެނުނު ވަގުތުގެ އިހްސާސްތައް ހިއްސާކުރަމުން ބްރެޑް ލޫކަސް އޭނާގެ ބުލޮގުގައި ބުނެފައިވަނީ، ފޮޓޯތައް ބަލަމުން ދަނިކޮށް ހުއްޓުންއެރީ އަނދިރިގަނޑެއްގެ ތެރެއިން ދެލޯ ކެމެރާ ލެންސައް ބަލަހައްޓައިގެން ހުންނަ މަންޒަރު ފެނުމުން ކަމަށެވެ. އަދި މިހޯދުނު ކާމިޔާބީ ގަބޫލުކުރަންވެސް ވަގުތު ނެގިކަމަށް އޭނާގެ ބުލޮގުގައި ބުނެފައި ވެއެވެ.

ބުރެޑް ލޫކަސް ފޮޓޯ ނެގުމުގައި އެސަރަހައްދުގައި ހަރަކާތްތެރިވާ ބަޔޮލޮޖިސްޓުންގެ އެހީތެރިކަން ހޯދައިފައި ވެއެވެ. އަދި ބޭނުންކޮށްފައިވަނީ އެންމެ ފަހުގެ ޑީއެސްއެލްއާރު ކެމެރާއާއި ވަޔަރްލެސް މޯޝަން ސެންސަރއެވެ.

ބައިލޮޖިސްޓެއް ކަމަށްވާ ނިކޮލަސް ޕިލްފޯލްޑް ވިދާޅުވެފައިވަނީ، "އަހަރެމެން އަބަދުވެސް އަޑު އަހަން މިވައްތަރުގެ ލެޕާޑު މިސަރަހައްދުގައި އުޅޭ ވާހަކަ ނަމަވެސް މިހާތަނަށް މިނޫނީ މިވައްތަރުގެ ލެޕާޑު މިސަރަހައްދުގައި އުޅޭ ކަމުގެ ހެއްކެއް ލިބިފައެއް ނެއް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ