އަންހެނުންނާއި ކުޑަކުދިންނާއެކު ދަތުރުކުރި ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ރަޚްމަތުﷲ" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކ.ގާފަރާ 15 ނޯޓިކަލް މޭރު ބޭރުން އިންޖީނު ހުއްޓުނު ދޯނީގައި 13 އަންހެނުންނާއި، 2 ކުޑަކުދިންނާއެކު ޖުމްލަ 46 މީހުން ތިބި ކަމަށާއި، ބޯޓަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާ ފަށާފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމު 02:10 ހާއިރު ކަމަށާއި، އެ ދޯންޏަށް ކޯސްޓްގާޑް ޝިޕް ނޫރައްދީން މިހާރު އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ