ބޭރުގެ ބޯޓުތަކަށް ރޭއްޖޭހެ ކަނޑޫން މަސްގަންނަން ފުރުސަތު ދީފިނަމަ ސިޔާދަތަށް ނުރައްކާވާނަ ކަމަށް މަޖިލީހުގެ މަޑުއްވަރި ދާއިރާއަށް އިންތިޚާބުބެވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ހަމަ އަދު ހޯދަދޭޏް މަސައްކަތް ކުރަންޖެހޭމަށެވެ. ނަމަވެސް ބޭރު ޤައުމުތަކުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުން މަސްގަންނަން ފުރުސަތު ދިނުމަކީ މަސްވެރިކަމުގެ ސިނާޢަތު ހަލާކުވާނެ ކަމެއްކަމަށެވެ،
އަދި ބޭރުގެ ފަރާތްތަކަށް މި ފުރުސަތު ދީފިނަމަ، ހަތިޔާރާއި ޑްރަގްސް އަދި ހިއުމަން ޓްރެފިކިންއަން މަގުފަހިވެ، ސިޔާދަތަށް ނުރައްކާވާނެ ކަމެކަމަށް ޝަރީފު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ކަންކަން ހިމަނައި، މަސްވެރިކަމުގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.
މި ބިލުގައި ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުކުރުމާއި ރާއްޖެއިން ބާނާ މަސް، ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ މާއްދާއެއް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.
ބޭރުގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެކެވެ.




