ޓްރެއިނިންގެ ފުރަތަމަ ދުވަހު 2 ނަޓްމެގް ހަދައި ގްރިޒްމަން ލަދު ގަންނަވާލައިފި

ބާސެލޯނާއާއި އެންމެ ފަހުން ގުޅުނު ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަން ޓްރެއިނިންގ އަށް ނުކުތް ފުރަތަމަ ދުވަހު 2 ނަޓްމެގު ހަދައި ލަދު ގަންނަވާލައިފިއެވެ.

މީސްމީޑިއާގައި ޙިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ ބާސެލޯނާގެ ކުޅުންތެރިން ބުރެއް ހަދާލައިގެން ޕާސްކުރަމުންދާއިރު އެބޯޅަ ހޯދަން ގްރިޒްމަން މަސައްކަތްކުރާތަނެވެ. އެގޮތުން ބޯޅަ ހޯދަން ކުޅުންތެރިއަކަށް ކުރިމަތިލީ ތަނާ ފޮނުވާލި ބޯޅަ ދިޔައީ ގްރިޒްމަންގެ ދެފައިދޭތެރެއިންނެވެ. އެއާއެކު ހެމުން ހެމުން ގްރިޒްމަން ދަނޑު މައްޗަށް ވެއްޓެއެވެ.

ދެވަނަ ފަހަރަށް ތެދުވެ ބޯޅަ ހޯދަން މަސައްކަތްކުރުމުންވެސް ހަމަކުރީފަހަރެކޭ އެއްގޮތަށް ގްރިޒްމަންގެ ފައިގައި ބޯޅަ ނުޖައްސާ އޭނާގެ ދެފައިދޭތެރެއިން ބޯޅަ ފޮނުވާލާތައް މިވީޑިއޯއިން ފެނެއެވެ. މިފަހަރު ގްރިޒްމަން ނަޓްމެގްހެދީ ރަކިޓިޗެވެ. އަދި ގްރިޒްމަން ހެމުން ހެމުން ރަކިޓިޗް ކޮށްޕާލާތަންވެސް މިވީޑިއޯއިން ފެނެއެވެ.

އެތުލެޓިކޯ މެޑްރިޑަށް 120 މިލިއަން ޔުރޯ ރިލީސް ކްލޯސްގެ ގޮތުގައި ދެއްކުމަށްފަހު ބާސެލޯނާއިން ގްރިޒްމަން ގެނައީ 5 އަހަރުގެ މުއްދަތަކަށެވެ.

އެހެން ކަމުން ގްރިޒްމަން ބާސެލޯނާގައި 2024 ގެ ޖޫން 30 އާއި ހަމައަށް ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ