އަނގޮޅިތީމު ކައުންސިލުން ރައީސް ޞޯލިޙާ ބައްދަލުކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް މެންބަރުން,
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ކައުންސިލުން މެންބަރުން، ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރައްވައި، ރަށުގެ ނަރުދަމާ އަދި ފެނުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި، އެރަށުގެ މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތައްވެސް މެންބަރުން ވަނީ ރައީސްއާ ޙިއްޞާކުރައްވައިފައެވެ.

ރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުން ލިބެންހުރި އާސާރީ ތަކެތި ބެހެއްޓުމަށް މިއުޒިއަމެއް އިމާރާތްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

އަނގޮޅިތީމްގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. zaid

    Angolhatheemu tharagee a mi sarukaarun kame kodheefiyaa ragalhu

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ