ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ގެ ފްލެޓްތަކަކީ "ކޮތަރު ކޮށި"ތަކެއްގެ ގޮތުގައި މި ސަރުކާރާއި، މީޑިއާއިން ސިފަކުރަމުންދާ ސިފަކުރުމަށް، ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އޮންލައިން ނޫސް "ދަ ޕްރެސް" އަށް ދެއްވާފައިވާ ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ހިޔާ ފްލެޓް ތަކަކީ ކޮތަރު ކޮށި ނަމަ، މާލޭގައި ހުރި އެޕާޓްމަންޓް ތަކަކީ ޕިޖަން ހޯލްތަކެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ހިޔާ ފްލެޓް ތަކަކީ ކޮތަރު ކޮށްޓޭ ކިޔާފައި އެއްގޮތަކަށްވެސް ޝަކުވާ ކުރާނެ ޖާގަ ނެތް ކަމަށާއި، 550 އަކަފޫޓުގެ ހިޔާ ފްލެޓްތަކުގެ ވާހަކަ ދައްކާއިރު، މާލޭގައި އެންމެ ހާލުގައި އުޅޭ މީހުން އުޅެނީ 500 އަކަފޫޓުގެ އެޕާޓްމަންޓް ތަކުގައި ނޫން ކަމަށެވެ.
550 އަކަފޫޓުގެ ގާތްގަނޑަކަށް 7000 ފްލެޓް ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިނުމަށް ނިންމާފައިވަނީ, މެއިންޓަނަންސް ފީގެ ގޮތުގައި 1000ރ އާއި އެކު މަހަކު 6600ރ އަށެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ފަހުން ބުނެފައި ވަނީ، އެފަދަ އަގެއްގައި ފްލެޓް ދޭން ނިންމާފައިވާކަން އެނގިފައި ނުވާކަމަށެވެ.
އެ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓް ތަކުގެ ފިނިޝިން ޗާޖު ނުލައި ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމަނައިގެން އެ ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށާއި، އެއީ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު 11،000 ރުފިޔާ ޖެހޭ ވަރުގެ ބޮޑު އަދަދެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިކަމާބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ، އެ ޗާޖުތައް (ފިނިޝިން ޗާޖްތައް) ލާން ނުޖެހޭ ކަމަށާއި، ކުރީ ސަރުކާރުގައި އެޅީ ބޭސިކް ފްލެޓްތައް ކަމަށެވެ. އަދި ސަރުކާރުން ތަށިމުށި ޖަހާފައި ހުއްޓަސް ގިނަ ބަޔަކު އެ ބަދަލު ކުރާނެ ކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ، މުށި ނުޖަހާ ދިނުމުން އެތަނަށް ވަންނަ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށް މުށި ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ތަނެއްގައި ތަށިމުށި ޖަހައިގެން ތަނެއްގެ ކުލި 5600، އިން 12000 އަށް ނުވަތަ 15000 އަށް އަރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރު އޮތްނަމަ، ޖުލައި އެއްވަނަ ދުވަހު އެތަނަށް މީހުން ވަދެ ތިބޭނެ ކަމަށްވެސް "ދަ ޕްރެސް" އަށް ރައީސް ޔާމީން ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.





4 Responses
މާޅެގައި ކުއްޔަށް ކުޑަ ކޮއްޓެއއްގައި އުޅެފައި، ފަހުން ބޮޑު ތަނަކަށް ބަދަލުވެވޭނެ، އެކަމު، ތިމާ އަމއިްލަ ވާ ފްލެޓެއް އެވަރުގެ ކުދަގޮޅިއެއް ކަަމަކު ނުދާނެ، އުމުރ ދުވަހަށް 550 އަކަފޫޓް ގޮޅި އެއް ަކަމކު ނުދާނެ… އެހެންނަމަ ރައީސ ްޔާމީން ވެސ ްމިލިއަނުްނ ޙރަދުކޮށށްގެން 15 ބުރީގެ އިމާރާތެއް އަޅާނެ ކަމެއް ނެތް
މީގަ ކޮބައި ވަރުގަދަ ރައްދެއް؟
ބަބުރު ސޯލިހް އަށް ހިސާބެއް ޖަހަން އެނގިންތާ ދޯ އެއްޗަކަށް ދާނެ ހަރަދު އެނގޭނީ. މިއަދިވެސް މަޖިލިސް ތެރޭ އެއްއަޑަކުން ގޮވީ މުސްކުޅީންނަށް ދޭނެ ފައިސާ އިތުރުކުރަން ނޭނގޭ ވާހަކަ.
ކޮތަރުކޮއްޓެއް ކަމަށް ގަބޫލު ކުރާބަޔަކު ،ކޮތަު ކޮއްޓަކަށް ބޭނުންވެފަ ތިބި ބަޔަކަށް ކޮތަރު ކޮށި ކީއްވެ ދޫކޮށް ނުލަން ވީ އެގެނީ ކޮތަރު ކޮއްޓެކޭކިޔާހަލޭލެވި ބަޔަކަށް ކޮތަރު ކޮށި ލިބިފަވާކަމުގެ ލިޔުން ލިބިފަވާކަށް .އެފަދަ ބަޔަކު އިބްރާހީމް އަޅައިދޭ ފަނުން ނާއި ފީއިލޮށިން އަޅައިދޭ ބޮނޑު ބިޔަ ގެތަކުން ގެ ލިބޭނެ ކަން އެގޭއިރު ކޮތަރު ކޮށި ބޭނުން ނުކޮށް ދޫކޮށްލަންވީނުން .ތިވަރުގެ އިހްލާސްތެރި ކަން ހުރިބަޔަކު އިބްރާހީމް އަޅައިދޭނެ ބޮޑެތި ގެތަކުންގެ ލިބޭނެދޯ .