ދީބާޖާގެ މައްސަލައަށް ހޯދުމަށް ސެޓުލްމަންޓް ކޮމިޓީއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން، އެ މައްސަލައިގައި ހައްލެއް ހޯދުމަށް ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީ، ސެޓްލްމަންޓު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކޮމިޓީގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއަށް މިއްސަލަ އަށް ހައްލެއް ހޯދުމަށް ހުށައަޅާފައިވަނީ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހަދާފައިވާ ޤަރާރަކުން ފާސްކޮށްގެންނެކަމަށެވެ.

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ފުރުޞަތު ދިނުމުގެ ގޮތުން، ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށް ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހަޅާފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލުމަށް އެދުމަށް ވެސް އެ ކުންފުނިން ނިންމާފައިވާކަމުގައި އެ ޤަރާރުގައި ވަނީ ބަޔާންކޮށްފައި ކަމަށްބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން ދީބާޖާ ކުންފުނިން އެދިފައިވާ ގޮތަށް މައްސަލަ ސެޓްލްމަންޓް ކޮމިޓީ އަށް މިހާރު އެޖެންޑާ ކޮށްފައިވާ ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ކުރިއަށްދާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ