އަހަރެން ނިސްބަތްވަނީ ޑޯޓްމުންޑަށް - ރުއީސް

ބޮޑެތި ކްލަބުތަކުގެ ހުށަހެޅުންތަކަށް ނޫނޭ ބުނެވުމުން އެކަމާ ހިތާމަ ނުކުރާކަމަށާއި ނިސްބަތްވަނީ މިހާރުވެސް ކުޅެމުން އަންނަ ބޮރޯސިއާ ޑޯޓުމުންޑަށް ކަމަށް ޖަރުމަނުގެ ފޯވާޑު މާކޯ ރުއީސް ބުނެފިއެވެ.

2015 އިން ފެށިގެން ރުއީސްއަށް ހުށަހެޅުންތައް އަންނައިރު އޭގެތެރޭގައި ބާސެލޯނާ، ޕީއެސްޖީ، މިލާން، ސިޓީ، ޔުނައިޓެޑް އަދި އާސެނަލްވެސް ހިމެނެއެވެ.

ބޮރޯސިއާ މޮންޗެންގްލެބާޗް ދޫކޮށް 2012 ވަނަ އަހަރު ޑޯޓުމުންޑާއި ގުޅުނު ރުއީސް އަންނަނީ އެކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

2012-13 ޗެމްޕިއަންސް ލީގު ފައިނަލަށް ޑޯޓުމުންޑް ގެންދިއުމުގައި އިސްރޯލެއް އަދާކުރި ރުއީސް ޑޯޓުމުންޑްގައި ހޭދަކުރި ފުރަތަމަ ހަތަރު ސީޒަންގެ ތެރެއިން ތިން ސީޒަންގައި މަދުވެގެން 19 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

އެހެންނަމަވެސް ރުއީސްއަކީ އަނިޔާގެ މައްސަލަ ބޮޑު ކުޅުންތެރިއެއްކަމުން ޖަރުމަނަށާއި ޑޯޓުމުންޑުގެ މުހިންމު މެޗުތަކެއް އޭނާއަށް ގެއްލިފައިވެއެވެ.

ރުއީސް 2016-17 ސީޒަންގެ ޑީއެފްބީ ކަޕް ތައްޓާއެކު - ފޮޓޯ: ފޮކްސް

މިދިޔަ ސީޒަންގައި ޑޯޓުމުންޑް ތާވަލުގެ ދެވަނާގައި ލީގު ނިންމާލާފައިވާއިރު ރުއީސްގެ ފަރާތުން މޮޅު ކުޅުމެއް މިދިޔަ ސީޒަންގައިވަނީ ފެނިގެން ގޮސްފައެވެ.

ވޭތުވެދިޔަ ސީޒަން ތަކުގައި ޑޯޓުމުންޑަށް މާގިނަ މުބާރާތްތަކެއް ކާމިޔާބުކުރެވިފައި ނުވިނަމަވެސް ރުއީސް ބޭނުންވަނީ ޑޯޓުމުންޑާއެކު ކާމިޔާބީ ޙާސިލްކުރެވޭތޯ އަދިވެސް މަސައްކަތްކުރުމަށެވެ.

"އަހަރެން ނިސްބަތްވަނީ މިކްލަބަށ.ް ޑޯޓުމުންޑަކީ އަހަރެންގެ ކްލަބު. މިކްލަބާއެކު އަހަރެން ބޭނުންވޭ ބުންޑެސްލީގާ ކާމިޔާބުކުރަން. ޑީއެފްބީ ޕޯކަލް ކަޕް ކާމިޔާބުކުރަން. ޗެމްޕިއަންސް ލީގު ފައިނަލަށް އަދިވެސް ދަތުރުކުރަން" ޑޯޓުމުންޑުގެ ކެޕްޓަން ރުއީސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ