ބިޒްނަސް އެކްސްޕޯ 2019 ސެޕްޓެމްބަރު މަހު ބާއްވަނީ

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ބޭއްވުމަށް ނިންމައިފި އެވެ.

ދެ ދުވަހުގެ މުއްދަތައް ބަހާލައިގެން ދަރުބާރުގޭގަ ބާއްވާ މި އެކްސްޕޯ އޮންނާނީ އަންނަ ސެޕްޓެމްބަރުން 29 އަދި 30 މިދެދުވަހުއެވެ.

މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ހަތަރު ސަމިޓެއް މި އެކްސްޕޯގައި ކުރިއަށްދާއިރު އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓާއި، މޯލްޑިވްސް ވިމަން އޮންޓަރޕްރެނުއަރސް ސަމިޓުގެ އިތުރުން މޯލްޑިވްސް ޓެކް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ.

އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުވެފައެވެ.

އެ ބަދަލާއެކު އޯރކާ މީޑިއާ ގްރޫޕުން ބޭނުންވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޚަބަރުތައްވެސް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ