އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ޖޯޑަންގައި އުޅުއްވާ ފޮޓޯތަކެއް މީސްމީޑިއާއަށް ދޫކޮށްލައްވައިފިއެވެ.
ޝަރީފް ޖޯޑަންގައި އުޅުއްވާ ފޮޓޯތައް ޓްވިޓަރގައި ޢާއްމު ކުރައްވާފައިވަނީ އެމަނިކުފާނު ބޭނުންކުރައްވާ ޓްވިޓަރ އެކައުންޓުންނެވެ.

ޖޯޑަންގެ ޢަމާން ސިޓަޑަލްގައި ނަންގަވާފައިވާ ފޮޓޯތަކާއެކު މިރޭ ކުރެއްވި ޓްވީޓްގައި ޝަރީފް ވިދާޅުވެފައިވަނީ، އެއީ އަޖައިބެއްފަދަ ތަނެއް ކަމަށެވެ.
ޖޯޑަންގެ ޢަމާން ސިޓަޑަލްގައި އެލް ޝޭޕަށް ހުންނަ ހަތް ހިލައަކީ ފާހަގަކޮށްލެވޭ ތާރީޚީ ތަނެކެވެ. އެތަނަށް އަރަބިން ކިޔާ އުޅެނީ "ޖަބަލް އަލް ޤަލާ" އެވެ.

ޖޯޑަންގައި އުޅުއްވާ ފޮޓޯތަކެއް މީސްމީޑިއާއަށް ދޫކޮށްލެއްވި ނަމަވެސް އެއީ ކޮން އިރަކު ނަންގަވާފައިވާ ފޮޓޯތަކެއްކަން ސާފުވާގޮތް ވަނީ ނުވެފައެވެ.




