ހަޒާޑު ހިމަނައިގެން ކުޅުނު ފުރަތަމަ މެޗުން ރެއަލްމެޑްރިޑް ދަށްވެއްޖެ

ނިމުނު ސީޒަންގައި ނެރުނު ދަށް ނަތީޖާއާއެކު ކުރިއަށް އޮތް ސީޒަނަށް ގިނަ ކުޅުންތެރިން ތަކެއް ގެނެސް ޓީމު އިތުރަށް ވަރުގަދަ ކުރަމުންއައި ރެއަލްމެޑްރިޑް އެކްލަބުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ އަގު ބޮޑުކޮށް ގެނައި އެޑެން ހަޒާޑު ހިމަނައިގެން ކުޅުނު ފުރަތަމަ މެޗުން ދަށްވެއްޖެއެވެ.

އިންޓަނޭޝަލް ޗެމްޕިއަންޝިޕް ކަޕުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށް ރޭ ފަތިހު ކުޅުނު މެޗުން ރެއަލްމެޑްރިޑް ދަށްވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ތިން ލަނޑުވެސް ބަޔާނުން ޖަހާފައިވާއިރު އެކްލަބަށް ލަނޑުތައް ޖަހައިދިނީ ޓޮލީސޯ، ލެވެންޑޯސްކީ އަދި ގްނާބްރީއެވެ. ރެއަލްމެޑްރިޑްގެ ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނަޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ.

ރެއަލްމެޑްރިޑްގައި ހަޒާޑު ކުޅޭނެ ނަންބަރެއް އަދި ކަށަވަރުވެފައި ނުވާއިރު، މިމެޗު ހަޒާޑު ކުޅެފައިވަނީ އެކްލަބުގެ 50 ނަންބަރު ޖާޒީގައެވެ.

ރެއަލްމެޑްރިޑަކީ ހަޒާޑުގެ ހުވަފެނީ ކްލަބުކަމަށްވާއިރު، ރިޕޯޓްތައް ބުނާގޮތުން އުމުރުން 28 އަހަރުގެ ހަޒާޑު ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑަށް ބަދަލުވީ 115 މިލިއަން ޕައުންޑް (145 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ