އައިއޯއައިޖީ - މަޑަގަސްކަރަ ބަލިކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ފައިނަލަށް

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

ރާއްޖޭގެ ޓީމު ފައިނަލަށް ދަތުރު ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލް އިވެންޓްގައި މަޑަގަސްކަރަގެ މައްޗަށް 3-1 ގޭމުން ކުރި ހޯދައިގެންނެވެ.

މިއަދު ކުޅުނު ހަތަރު ގޭމްގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންވަނީ ތިން ގޭމް ކާމިޔާބުކޯށްފައެވެ.

ފުރަތަމަ ގޭމް 3-0 ގެ ނަތީޖާއަކުން ރަފާ ނާޒިމް ކާމިޔާބުކުރިއިރު، އެގޭމުގެ ސެޓުތައް ދިޔައީ 12-10، 11-6 އަދި 11-4 އިންނެވެ. އަދި ދެވަނަ ގޭމް ފާޠިމަތު ދީމާ ޢަލީވެސް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އެގޭމްގެ ސެޓްތައް ދިޔައީ ވަރަށް ތަފާތު ބޮޑުކޮށެވެ. އެއީ 11-7، 11-6 އަދި 11-4 އެވެ.

ތިންވަނަ ގޭމުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެގޭމަށް ނުކުމެފައިވަނީ މުއީނާ މުޙައްމަދެވެ.

ރާއްޖެއަށް ފައިނަލް ކަށަވަރުވެގެންދިޔައީ ހަތަރު ވަނަ ގޭމަށް ނުކުމެ ދީމާ 3-0 ގެ ނަތީޖާއަކުން އެގޭމް ކާމިޔާބުކުރުމާއެކުގައެވެ.

ރާއްޖެ އަށް މުބާރާތުގައި އަންހެން ޓީޓީ ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ. އެހެންނަމަވެސް ރާއްޖެއަށް މިހާރުވެސް ރިހި މެޑަލް ޔަޤީންވެފައިވާއިރު ރާއްޖޭގެ ހުރިހާ އެންމެންގެވެސް އުންމީދަކީ ރާއްޖހޭގެ އަންހެން ޓީޓީ ޓީމު ރަންމެޑަލްއާއެކު އެނބުރި ރާއްޖެ އައުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ