ތިޖޫރީ ވަގަށް ނަގައިގެން ދެވުނީ ފުލުހުންގެ ކުރިމަށްޗަށް

އއ. މަތިވެރީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރާ ފަޅާލައި އެ ފިހާރައިގެ ތިޖޫރީ ވަގަށް ނަގައިގެން ދެމީހަކު ފިލަން އުޅެނިކޮށް ފުލުހުންގެ ކުރިމައްޗަށް ނުކުމެވުމުން ތިޖޫރީ ދޫކޮށްލާފައި ފިލައިފި އެވެ.

ފުލުހުން އިދާރާއިން ބުނީ މިހާދިސާ ހިނގީ ރޭ މެންދަމު 2:20 އެހާކަންހާއިރު ކަމަށެވެ. މަތިވެރި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ތިޖޫރީއެއް ހިފައިގެން އުޅުނުނު ދެމީހުން ފެނުމާއެކު މަޑު ކުރުމަށް އެނގުމުން ވެސް ނުހުއްޓި އެތަނަށް ތިޖޫރީ ދޫކޮށްލާފައި ފިލައިގެން ދިޔައީ ކަމަށެވެ.

ތިޖޫރީ ވަގަށް ނެގި ދެ މީހުން އަދިވެސް ހޯދިފައި ނުވާއިރު، ތުހުމަތުގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ތިޖޫރި ގެންގޮސްފައިވާއިރު، އެ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ވެސް އެނގިފައެއް ނުވެއެވެ. ފަހުން ރަށުގެ ހުރިހާ ފިހާރަތަކާއި އޮފީސްތައް ބެލިއިރު ފަޅާލާފައި ހުރީ އެސްޓީއޯ ބޭސް ފިހާރަ އެކަނި ކަމަށާއި، އެ ތިޖޫރީ ފުލުހުން ގެންގޮސް މިހާރު ތަހުގީގެއް ކުރަން ފަށާފާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް