ކްލޮޕްގެ ޓްވިޓާ އެކައުންޓް ހޯދަން ލިވަޕޫލް ސަޕޯޓަރުން ކެތްމަދުވެފައި

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަމިއްލަ ޓްވިޓާ އެކައުންޓެއް ގެންގުޅޭކަމަށް ދާދިފަހުން ބުނުމާއެކު އެއެކައުންޓު ހޯދުމަށް ލިވަޕޫލް ސަޕޯޓަރުންތައް ހުރީ ކެތްމަދުވެފައެވެ.

އާންމުކޮށް ޕްރޮފެޝަނަލް ކޯޗުން މީސްމީޑިއާ އުޅޭލެން ވަރަށްމަދެވެ.

މީސްމީޑިއާގައި އުޅޭ މަދު ކޯޗުންގެ ތެރޭގައި ހިމެނޭ ބައެއް ކޯޗުންނަކީ، މޮރީނިއޯ، އުނައި އެމިރީ، ކޯމަން، ސައުތު ގޭޓް އަދި ހެރީ ރެޑްނެޕް ހިމެނެއެވެ.

މިލިސްޓް ތެރެއަށް ކްލޮޕް ވަދެގެން މިދިޔައީ ދާދި ފަހަކުން ދިން އިންޓަވިއުއެއްގައި އޭނާ ދިން ޖަވާބަކާއި ގުޅިގެންނެވެ.

ލިވަޕޫލް ޓީވީއަށް ދިން އިންޓަވިއުއެއްގައި، ފޮނުވާ ވީޑިއޯތައް ބެލުމަށްޓަކައި ޓްވިޓާގައި ސިއްރު އެކައުންޓެއް އޭނާ ހުޅުވާފައިވާކަން ކްލޮޕްވަނީ ހާމަކޮށްފައެވެ.

https://twitter.com/i/status/1152981927097446400

ކްލޮޕްގެ މިއިންޓަވިއުއާއެކު މިއެކައުންޓަކީ ކޮބައިތޯ ބެލުމަށް ލިވަޕޫލް ސަޕޯޓަރުން އާދިއްތަ ދުވަހުން ފެށިގެން މުޅި ޓްވީޓާދަނީ ހާވަމުންނެވެ.

ކްލޮޕްގެ އެކައުންޓެއް ޓްވިޓާގައި ނުހުންނަކަމަށާއި ކްލޮޕް އެމީހުން ހައްދަނީކަމަށް ބައެއް ސަޕޯޓަރުން ބުނެފައިވެއެވެ.

މީގެ އިތުރުން 2018 ނޮވެމްބަރުގައި " JNorb14 " ނަމުގައި ހަދާފައިހުރި އެކައުންޓަކީ ކްލޮޕްގެ އެކައުންޓްތޯވެސްވަނީ ސުވާލު އުފައްދާފައެވެ. އެއެކައުންޓް ފޮލޯކޮށްފައިވަނީ އެންމެ ތިން އެކައުންޓެވެ. އެއީ ލިވަޕޫލް، ޑޯޓުމުންޑް އަދި މައިންޒް 05 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ