އއ.ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ސަރވިސަސްގެ މާލޭ އޭރިއާގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެއް ކަމަށާއި، މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް އއ.ތޮއްޑޫ ހެލްތު ސެންޓަރުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށެވެ.
މި މީހާއަށްމިހާރު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އިތުރު ތަފްސީލު އަދި ނުލިބެއެވެ.