އެންމެ ބޮޑު ލެޑް ބޯޑުވެސް ރަން މެޑަލް ހޯދި ޓީޓީ ޓީމަށް ހާއްސަކޮށްފައި!

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޯށް ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމަށް އެމްއެންޑީއެފް އާއިމާރާތުގައިވާ ލެޑް ބޯޑު ހާއްސަ ކޮށްފިއެވެ.

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަންކަމަށްވާ މޮރިޝަސްއާއެވެ. އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ގައުމަށް ހޯދައިދިން މިފަހުރަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މަރުހަބާ ދަންނަނަވާފައިވާއިރު، ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ފޮޓޯ އެމްއެންޑީއެފްގެ ލެޑް ބޯޑަށް އަރުވާފައިވެއެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ދިވެހިރާއްޖެ ޓީމަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް މިޝަރުވެރި އެވޯޑު ހޯދައިދިނުމުގައި ޙިއްސާވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ