ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް - ފޮޓޯ: ރައީސް އޮފީސް

ޚިޔާނާތުގެ ބޮޑު ރިޕޯޓް: މިނިސްޓަރ މަޙްލޫފަށް 33000 ޑޮލަރު!

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙްމަދު މަޙްލޫފަށް 33000 ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އޭސީސީން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓުންނެވެ.

ތަފްސީލީ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި މަޙްލޫފްވެސް ހިމެނިވަޑައިގަންނަވައެވެ.

މި ފައިސާ މަޙްލޫފަށް ލިބިލައްވާފައިވަނީ ކީއްވެކަން އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ މަޙްލޫފަށް މި ފައިސާ ފޮނުވި، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި މަޙްލޫފް ހިމެނުނު ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ