ޝިއުނާޒް އާއި އާދަމް ނަސީމް ބީޗް ވޮލީން ލޯ މެޑަލް ހޯދައިފި!


މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީން އަނެއްކާވެސް ރާއްޖެ ރިހި މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން މެޑަލް ހޯދައި ދިނީ ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމްގެ ޕެއާ އެވެ. އަދި މީގެ ކުރިން މުބާރާތުގައި އަލަށް ބައިވެރިވި ބީޗް ވޮލީގެ ޓީމުން ވަނީ ޓީމު އިވެންޓުގައި ކުޅެ ރިހި މެޑަލް ހޯދައިފައެވެ.

ޝިއުނާޒް އާއި އާދަމް ނަސީމް ރާއްޖެއަށް މެޑަލް ހޯދައިދިނީ، 3ވަނަ ހޮވުމަށް ކުޅުނު މެޗުގައި ސީޝެލްސް އާއި ވާދަ ކޮށް، 21-15 އަދި 21-10ން މެޗު ކާމިޔާބުކޯށްގެންނެވެ.

މި ފަހަރުގެ ގޭމްސް އަކީ ރާއްޖެއަށް ކާމިޔާބު ގޭމެކެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ މި ފަހަރުގެ ގޭމްސްގައި ރަންމެޑަލް ހޯދާފައެވެ. ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން ޕެއަރ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު އަދި ކުޅަދާނަ ދުވުންތެރިޔާ ހަސަން ސާއިދުވެސް ވަނީ ފައިނަލަށް ދަތުރުކޮށްފިއެވެ. އަދި އެ އިވެންޓުގެ ފައިނަލް އޮންނާނީ މިއަދު ރާއްޖެ ގަޑިން ހަވީރު 18:10 ގައެވެ.

މި މުބާރާތުގައި ރާއްޖެ އަށް ވަނީ މިހައިތަނަށް ޖުމްލަ 6 މެޑަލް ލިބިގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ