އައިއޯއައިޖީ - 200 މީޓަރު ދުވުމުން މިފަހަރު ސާއިދަށް ބްރޮންޒް މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފިއެވެ.

ސާއިދު ބްރޯންޒް މެޑަލް ހޯދި ފައިނަލް ރޭހުގައި 8 އެތްލީޓުންނާއި ވާދަކޮށް 22.10 ސިކުންތުން ރޭސް ނިންމައިގެންނެވެ. 200 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދީ މޮރިޝަސްގެ ޖޮނަތަންއެވެ. އޭނާ ރޭސް ނިންމީ 21.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ސިލްވަރ މެޑަލް ހޯދި ސީޝެލްސްގެ ޝަރީ ރޭސް ނިންމީ 22.09 ސިކުންތުންނެވެ.

ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގެ 200 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލް ހޯދި އިރު، އެފަހަރު އޭނާ ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. ސާއިދުއަށް މިފަހަރުގެ މުބާރާތުން 100 މީޓަރުގެ ދުވުމުން މެޑަލް ލިބިފައެއް ނުވެއެވެ. ފައިނަލް ހީޓްގައި އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ.

އައިއޯއައިޖީގެ އިތުރުން ސަރަހައްދީ މުބާރާތްތަކުންވެސް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން ސާއިދު ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި 200 މީޓަރު ދުވުން 20:75 ސިކުންތުން ނިންމާ، ގައުމީ ރެކޯޑު މުގުރާލާ ރިހި މެޑަލްވެސް ހޯދާފައެވެ. އެވަގުތާ އަޅާބަލާ އިރު، މިހާރު ސާއިދުގެ ޓައިމިން ވަނީ ދަށްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ