ޓީޓީ އަންހެން ޑަބަލްސް އިން ރަން އަދި ރިހި މެޑަލް ޔަގީން ކޮށްފި

މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އިންޑިވިޖުއަލް އިވެންޓަށް ރާއްޖޭގެ ދެ ޕެއާ ދަތުރުކުރުމުން، ރާއްޖެއަށް ރަން މެޑަލްއާއި ރިހި މެޑަލް ޔަގީން ވެއްޖެއެވެ.

އެ އިވެންޓް ފައިނަލަށް ދަތުރުކުރީ ޓީޓީ އަންހެން ޓީމް އިވެންޓުން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން އައިޝަތު ރަފާ ނާޒިމް އަދި ފާތިމަތު ދީމާގެ ޕެއާއާއި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާއެވެ.

ރާއްޖޭގެ މި ހަތަރު ކުޅުންތެރިން ވަނީ މީގެ ކުރިން ޓީޓީގެ ޓީމު އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

މުއީނާއާއި ޖުމާނާ ފައިނަލަށް ދިޔައީ މަޑަގަސްކަރަގެ ޕެއާ 4-0އިން ބަލިކޮށްގެންނެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި، ގުރޫޕް އޭ ގައި ވާދަ ކުރި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީގެ ޕެއާ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ޓީމާ ވާދަކޮށް 3-4 ސެޓުން މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެޓު މޮރިޝަސްގެ ޕެއާއިން 2-11އިން ގެންދިޔަ އިރު، ދެވަނަ ސެޓުވެސް ގެންދިޔައީ މޮރިޝަސްއެވެ. އެ ސެޓު ގެންދިޔައީ 9-11 އިންނެވެ. އެއަށްފަހު ތިން ވަނަ ސެޓުގައި އައު ހިއްވަރަކާ އެކު ކުޅެ ރާއްޖެއިން ސެޓު ގެނައީ 7-11 އިންނެވެ.

މުޅި ހޯލްގައި ރާއްޖޭގެ ސަޕޯޓަރުންގެ އަޑު ގުގުމާލައިފައި އޮތް އިރު، އެހެން ކުޅިވަރުތަކުގެ އެތުލީޓުން ޓީޓީ ޓީމަށް ހިތްވަރު ދިނުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

ވާދަވެރި ކުޅުމަކަށް ފަހު ހަތަރު ވަނަ ސެޓު 14-16 އިން ރާއްޖޭގެ ޕެއާ ކާމިޔާބު ކުރި އިރު ފަސް ވަނަ ސެޓު ވެސް އެހާމެ ވާދަވެރިކޮށް ރާއްޖެ ކާމިޔާބު ކުރީ 10-12 އިންނެވެ. ހަވަނަ ސެޓުގައި އަނެއްކާ ވެސް މޮރިޝަސްގެ ޕެއާއިން ވަނީ 7-11 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގައި ފަސޭހަ ކަމާ އެކު މޮރިޝަސް ބަލިކޮށް 11-6 އިންނެވެ.

މި ނަތީޖާ ތަކާ އެކު ރާއްޖެއަށް ވަނީ މިފަަހަރުގެ ޓީޓީ ޑަބަލްސް އިން ރިހި އަދި ރަން މެޑަލް ޔަގީންވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ