ި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން - ފޮޓޯ: ރައީސް އޮފީސް

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރ ކަމާލުއްދީނަށް 30000 ޑޮލަރު!

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް 30000 ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އޭސީސީން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓުންނެވެ.

ތަފްސީލީ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި އަކްރަމް ކަމާލުއްދީންވެސް ހިމެނިވަޑައިގަންނަވައެވެ.

މި ފައިސާ އަކްރަމް ކަމާލުއްދީނަށް ލިބިލައްވާފައިވަނީ ކީއްވެކަން އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނިވަޑައިގަތް ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ