މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަންގެ އޯޕަން އިންޑިވިޖުއަލް ބައިން މޮރިޝިއަސް ބަލިކޮށް ރާއްޖޭގެ ޤައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ނަބީހާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ނަބީހާގެ މި މޮޅާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން އެސޯސިއޭޝަނު ރަން މެޑަލަށް ކުރި ޓާގެޓްގެ އުއްމީދުމިވަނީ އާވެފައެވެ.
މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ ޤައުމީ އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދާފައިވާއިރު، ރައުންޑް ރޮބިން ލީގް އުސޫލުން ކުޅުނު މިއިވެންޓްގެ މެޗުތައް ރާއްޖެ އާއި މޮރިޝަސް އަދި ރީޔުނިއަން މިތިން ޓީމަށްވެސް ލިބިފައިވަނީ ޖުމްލަ ޕޮއިންޓެވެ.
އެހެންކަމުން މުބާރާތުގެ ނަތީޖާ ކަނޑައަޅަންޖެހުނީ މެޗު ސެޓު ގުނައިގެންނެވެ. ސެޓު ގުނައިގެން ރާއްޖެއަށް ލޯ މެޑަލް ލިބުނުއިރު މިމުބާރާތުގެ ރަންމެޑަލް ލިބުނީ ރީޔޫނިއަންއަށެވެ. އަދި ރިހި މެޑަލް ހޯދީ މޮރިޝަސްއެވެ.
އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-1 އިން ބަލިވީ އެވެ. އެ މެޗުގައި ރާއްޖެ އަށް ލިބުނު ހަމައެކަނި މޮޅަކީ އައިމިނަތު ނަބީހާ މޮޅުވި ގޭމެވެ. ދެ ވަނަ މެޗުން ރާއްޖެ ވަނީ މޮރިޝަސް އަތުން 3-2 އިން މޮޅުވެފަ އެވެ. އެއާ އެކު ރާއްޖެ ވެފައިވަނީ 2011 ވަނަ އަހަރަށް ފަހު މި ގޭމްސްގައި މޮރިޝަސް ބަލިކުރި ފުރަތަމަ ޓީމަށެވެ.
މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖެ ބޮޑު ކާމިޔާބީތަކެއް ހާސިލުކަރަމުންއަންއިރު، ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލް އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ވަނީ ހޯދައިފިއެވެ




