ސޯނަމް ކަޕޫރް ގެއިން ނިކުންނައިރު އަބަދުވެސް ގެންދާ ތިނެތި އެނގޭތަ؟

މަޝްހޫރު ސްޓާރުންނަކީ އަބަދުވެސް ބިޒީ ޝެޑިއުލް އެއްގައި މަސައްކަތް ކުރާ ފަރާތްތަކެކެވެ. މިގޮތުން ސޯނަމް ކަޕޫރަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ސްޓާރެކެވެ.

ކިތައްމެ ބިޒީކޮށް އުޅުނުކަމުގައި ވީނަމަވެސް ގެއިން ނިކުތުމުގެ ކުރިން ހަނދާން ނައްތާނުލާ ތިނެއްޗެއް "އެލް އޮފިޝަލް އިންޑިއާ" އަށް ދިން އިންޓަރވިއުއެއްގައި ސޯނަމް ކަޕޫރް މިވަނީ ހާމަކޮށްފައެވެ.

ސޯނަމް ކަޕޫރް ބުނެފައިވަނީ "ކައިވެނީގެ އަނގޮޓި، ފޯނު އަދި ވޮލެޓް" ކޮންމެތާކަށް ދިޔައަސް އޭނާ ގެންދާކަމަށެވެ. ކައިވެނީގެ އަނގޮޓި ސޯނަމްގެ އަތާއި ވަކިނުކޮށް ގެންގުޅޭތީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަކީ "ރޮމާންޓިކް" މީހެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ގިނަ ފިލްމް ތަކަކުން ސޯނަމް ވަނީ ބެލުންތެރިންގެ ހިތްތަކާއި ކުޅެލައިފައެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ރިލީސްކުރި ފިލްމް "އޭކް ލަޅްކީ ކޯ ދޭކާތޯ އޭސާ ލަގާ" އަކީ ގިނަބަޔަކަށް ކަމުގޮސްފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Marry

    Sonam noon ehen meehun ves endha thakethi thy

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ