މަކުނުދޫއިން ގިނަ ބަޔަކު އަދާލަތު ޕާޓީއާ ގުޅިއްޖެ

ހދ.މަކުނުދޫއިން ގިނަ ބަޔަކު ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ، އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

މަކުނުދޫއިން އަދާލަތާ ގުޅުނު 100 މެންބަރުންގެ ފޯމް އެ ޕާޓީއާ ހަވާލުކޮށްފައިވަނީ މަކުނުދޫގައި މިހާރު ކުރިއަށްދާ އަދާލަތު ޕާޓީގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައެވެ.

މަކުނުދޫން އަލަށް އެ ޕާޓީއާ ގުޅުނު މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.

މަކުނުދޫ ދާއިރާއިން އަދާލަތުގެ ކެމްޕެއިން ފެއްޓެވިއިރު، މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގައި އަދާލަތު ތަމްސީލުކުރާ ހަމައެކަނި މެންބަރު އަނާރާ ނައީމް ނިސްބަތްވަނީ އެ ދާއިރާއަށެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމްގެ އިތުރުން މަކުނުދޫ އަދާލަތު ގޮފީގެ ރައީސްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ