ހިތުގެ އެދުން

އިންސާނުންނަކީ އަބަދުވެސް އަނގަގަދަ ބައެކެވެ. ތަފާތު ވާހަކަތައް އެކި ގޮތްގޮތަށް ދައްކައެވެ. އެކަކު ދައްކާ ވާހަކަ އަނެއް މީހެއް ގާތު ދައްކާއިރު ކަރަންފުލާއި ފޮނިތޮއްޓާއި ކޮތަނބިރި، ދަވިއްގަނދަށް ދަންދެން އެއްކުރެއެވެ. އަސްލު އޮޅުވާލާ އައު ވާހަކަތަށް އީޖާދު ކުރާ މޮޅުބައެކެވެ. ހާއްސަކޮށް ދިވެހިރާއްޖޭގައި ރަށްރަށުގައި ވަކިން ބޮޑެވެ. ކަންމަތި ތަކުގައި ތޮއްޖެހިފައިވާ ސީސީޓީވީ ތަކުގެ ރާޑަރަށް ނާރާ އެއްވެސް މީހަކަށް ނުދެވޭނެއެވެ. އެމީހުން ވާހަކަ ނުދައްކާނެ ގޮތަކަށް ފައިވެސް ނޭޅޭނެއެވެ. އިންސާނުންގެ ގޮތް ކަންނޭނގެއެވެ. އިންސާނުން އިންސާނުންދެކެ ފޫހިވަނީވެސް މިސަބަބާއި ހުރެ ކަމަށް ގަބޫލު ކުރެވެއެވެ.

ރަށުތެރެއަށް ރީތި ހަނދުވަރެއް ދީފައިވެއެވެ. މަގުތަކުގައި ދިއްލާފައި ހުރި ހޮޅިބުރިތަކުން އިތުރު އަލިކަމެއްވެސް ގެނުވައެވެ. ކޮންމެ ގެއެއްގެ ދޮށުންވެސް އިވެނީ އަށެއްގެ ހަބަރުގެ އަޑެވެ. އެއީ ގިނަ ދިވެހިންގެ އާދައެކެވެ. އިޝާ ނަމާދުން ފައިބައިގެން އައިސް ހަބަރު ވަގުތަށް އިންތިޒާރު ކުރާނެއެވެ. ހަބަރު ނިމުމުން ނޫން ގޮތަކަށް ކާންވެސް ނުވަންނާނެއެވެ. އަންހެންވެރިން އަވަދިނެތި އުޅޭނީ ދަރިން ފެންވަރުވާ ނިންދެވުމުގައެވެ. ބައެއް މީހުން ގުރުއާން ޖަހައިގެން ދަރިން ނިންދަވައެވެ. އަނެއްބައި މީހުން ލަވަ ޖަހައިންނެވެ. އަނެއްބައި މީހުން އެއްވެސް އެއްޗެއް ޖެހުމެއް ނެތިއެވެ. އަނެއްބައި މީހުން ދަރިންނަށް ވާހަކަ ކިޔާދީގެންނެވެ.

ސައިމާގޭގައި ދަރިފުޅު ނިންދަވަން ވަދެ ބަސްމާ އުޅުނެވެ. ހަތް އަހަރުގެ ދަރިފުޅު ތަންމައްޗަށް ލުމައްފަހު ޝަހަދާތް ކިޔާދިނެވެ. ކުރުސި ކިޔާދީހެދިއެވެ. އެއައްފަހު ވާހަކަ ކިޔާދޭން ފެށިއެވެ.

"މިރޭ މަންމަ ކިޔާދޭނީ ސަފަރު ކަތްދަގެ ވާހަކަ. މިއީ ވަރަށް ކުރިން ރާއްޖޭގައި ހިނގި ހާދިސާއެއް." ބަސްމާ ކުޑަދަރިފުޅަށް ވާހަކަ ކިޔާދެމުން ދިޔައެވެ.

ކޮޓަރިގެ ބޭރު ފާރުގައި ލެނގިލައިގެން އިން ނޫރީން ޝައުގުވެރިކަމާއި އެކުގައި ވާހަކަ އަޑުއަހަމުން ދިޔައެވެ. އެއީ ނޫރީންގެ އަބަދުގެވެސް އާދައެވެ. މީހަކަށް އުނދަގުލެއް ކުރުމެއްނެތި ވާހަކަ އަޑުއަހާލައިގެން އަނބުރާ ވަލަށް ދާނެއެވެ. ދާމަގުމަތީގައި އިންސާނުން އެއްވެ އުޅޭ ތަންތާނގައި މަޑުކޮއްލާނެއެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހާލުމަށެވެ. އިންސާނުންނާއި ދޭތެރޭ ހާއްސަ ޝައުގެއް ނޫރިންގެ ހިތުގައި އުފެދެމުން ދިޔައެވެ.

ނޫރީން އަކީ އެރަށުގައި އުޅޭ "ހަންޑި" ކުއްޖެކެވެ. އިންސާނުންގެ މެދުގައި އުޅުމުގެ ތެރޭގައި އިންސާނުންގެ ބައެއް ކަންތައްތައް ނޫރީންއަށް ކަމުދާން ފަށައިފިއެވެ. ހާއްސަކޮށް އިންސާނުން ދައްކާ ވާހަކަތަކެވެ. ކޮންމެ ރެއަކު ރަށުތެރެއިން އެކި ވާހަކަ ހޯދައިން ނޫރީން ގޮސް އޭނަގެ މަންމައާއި ސުވާލު ކުރެއެވެ.

"މަންމާ. މިއަދު އެގޭ ދައްތަ ކީ ސަފަރު ކަތްދަގެ ވާހަކަ. ދައްތަ ބުނީ ސަފަރު ކަތްދަ ހުންނަނީ ރަތްހެދުން ލާފަޔޯ. ހުރިހާ ހަންޑިންވެސް ތިބޭނީ ރަތް ލިބާސް ލާފަޔޯ. އެކަމަކު އަހަރުމެން މިތިބެނީ ރަތްހެދުމުގައެއް ނޫނެއްނު؟ އަދި ބުންޏޭ ހުންނާނީ ބޯވެސް ހަވާލާފަޔޯ. އެކަމަކު މަންމާ. އަހަރުމެންވެސް ކޮންމެ ދުވަހަކު ބޯ އޮމާން ކުރަމެއްނު؟ އަހަރުމެންގެ ދަތްތަށް ހުންނަނީ ރަތްކުލައިގަޔޯ. ބޭރަށް ނުކުމެފަޔޯ. އެހެން ބުނަން ވާނެތަ؟ ބަލަ އަހަރެންގެ ދަތްތަށް ރީތިކަން. ކޮންމެ ދުވަހަކުވެސް އަތިރިމަތިން ވެލި ގެނެސްގެން ދަތްތައް "ގާނަމެއްނު" . އަހަރެންގެ ފަޔަކު ނުހުރޭ ކައްޓެއްވެސް. ކީއްވެތަ އެމީހުން އަހަރުމެން އެހާ ހުތުރު ކޮއްފައި ވާހަކަ ކިޔަނީ؟ އަހަރެން ބޭނުން އެއް ވާހަކައިގަ އަހަރެން ރާނީއަކަށް ވާން. މިހާރުވެސް ގިނަ އިންސާނުންނަށްވުރެ އަހަރެން މާ ރީތި." ނޫރީން އޭނާގެ މަންމަގެ ގާތުގައި ޝަކުވާ ކުރިއެވެ.

"ދަރިފުޅާ. މަންމަ ކިތައްފަހަރު ބުނެފިން އިންސާނުންގެ ތެރެއަށް ނުދާށޭ. އެމީހުންގެ ތެރެއަށް ގޮސްގެން އުޅެނިކޮށް ދަރިފުޅަށް ދެރަގޮތެއް ވެދާނެއޭ. ދެތިން ދުވަސްފަހުން ދަރިފުޅަށް ވިހި އަހަރުވާނެ. މިހާރު އިންސާނުންގެ ލޮލަށް ދަރިފުޅު ނުފެނުނަސް އޭރުން ފެންނާނެ. ހަންޑިންނަށް ލިބިގެންވާ ހުރިހާ ބާރެއް ދަރިފުޅަށް ލިބޭނެ. އިންސާނުންނާއި ދޭތެރޭގައި ތި އޮންނަ ޝައުގުވެރިކަން ތި ހިސާބުން ދޫކޮއްލާ. އިންސާނުންނަކީ އަހަރުމެން ހަންޑިންނަށް ހެޔޮއެދޭ ބައެއް ނޫން. އެމީހުންނަށް ވާނަމަ އަހަރުމެންގެ ނަސްލުވެސް ނައްތާލާނެ. އެވަރުގެ ބައެއް ކަމުގޮސްގެން ދަރިފުޅު ތިއުޅެނީ؟" ބަލި އެނދުގައި އޮތް ނޫރީންގެ މަންމަ ނަފީސާ މަސައްކަތްކުރީ ދަރިފުޅަށް ވިސްނައިދޭށެވެ.

"މަންމާ. އެމީހުންނަށް ވުރެ އަހަރެން މާ ވިސްނުން ތޫނުވާނެ. އެމީހުންގެ މަޅީގައި އަހަންނެއް ނުޖެހޭނަމޭ. އަހަރެންގެ މަޅީގައި އެމީހުން ޖެހޭނީ. އަހަރެން ބޭނުމީ އިންސާނުންގެ ތެރެއިން ވަރަށް ރީތި ފިރިހެނެއް. އަހަރެން ކަހަލަ ރީތި ހަންޑިއަކަށް ލިބެން ވާނީ ރީތި އިންސާނެއްނުދޯ މަންމާ" ނޫރީން އޭނާގެ މަންމަގާތު އިށިނދެލަމުން ބުންޏެވެ.
ނޫރީންގެ އުއްމީދަކީ އިންސާނަކާއި ލޯބީގެ ގޮތުން ގުޅުމެވެ. އިންސާނަކާއި އެކު ހަޔާތެއް ވޭތުކުރުމެވެ. މަންމަ ތަކުރާރުކޮށް އެއީ ވާން ނެތް ކަމެކޭ ބުނި ނަމަވެސް ނޫރީން އެކަމެއް ގަބޫލެއް ނުކުރެއެވެ. އިންސާނުން ނޫރީންއަށް ވަރަށް ކަމުދެއެވެ. ފިރިހެން ކުދިން ހިނިތުންވާ ގޮތެވެ. ކުޅެން ދުވެ މަޖާ ކުރާގޮތެވެ. ނޫރީންވެސް ބޭނުންވަނީ އިންސާނުންނާއި އެކު އިންސާނުން ދިރިއުޅޭ ފަދަ ދިރިއުޅެމެއް އުޅޭށެވެ. ވަލުން ލިބޭ މޭވާއާއި ތަރުކާރީ ކައިކައި މިހާރު ނޫރީން ފޫހިވެއްޖެއެވެ. އިންސާނުން ކައްކާ ގޮތަށް މީރުކޮށް ކައްކައިން މަސްކާން ބޭނުންވެއެވެ. "މަންޒަރު ފެންނަ ފޮށިގަނޑު" ތަށް ކުރިމަތީގައި އިނދެގެން ހޭން ބޭނުންވެއެވެ. އެއަށް ބަލަމުން ރޯންވެސް ބޭނުންވެއެވެ. އިންސާނުން ގައިން މީރުވަސް ދުއްވަން ޖަހާ "ޕްސް ޕްސްސްސް" ފުޅިން ގަޔަށް ޖަހަން ބޭނުންވެއެވެ. ތުންފަތުގައި ރީތިކޮށް ރަތްކުލަ ކާއްތަން ބޭނުންވެއެވެ.

ނޫރީން ދެކޭގޮތުގައި އިންސާނުންނަކީ ވަރަށް ފުރިހަމަ ބައެކެވެ. ކަންމަތިތަކުގައި މީހުންގެ "މަސް ކާން" ތިބޭ މީހުން ޖަހާލާ ކޮންމެ ހިނިގަނޑަކާއި އެކު ނޫރީންވެސް ހޭން ފަށައެވެ. އެގަހުކޭލެއް މިގަހު ކޭލެއް ނޭގުނަސް އެންމެ ރަނގަޅެވެ. އިންސާނުން ކުޑަކުދިން އުރާލައިގެން އުޅޭތަން ފެނުމުން ނޫރީންގެ ހިތުގައި އިންސާނުންނަށް ލޯބި އުތުރި އަރައެވެ. ހަންޑިކުދިންނަށް އެއްވެސް އިރެއްގައި އެވަރަށް ބަލާކަށް ނުއެއް ޖެއެވެ. އެހެން ކަމުން ނޫރީންއަށް އިންސާނުންގެ ދުނިޔެ ވަނީ މުޅިން އައު ކަންތައްތަކެއްވާ ފުރިހަމަ ތަނަކަށެވެ. ކޮންމެ ގޮތަކުންވެސް އިންސާނަކާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވަނީ އެހެން ވެގެންނެވެ.

ތިންދުވަސް ފަސް

ތިން ދުވަސްފަހެވެ. އައު ދުވަހަކަށް އިރުއެރި އިރު ނޫރީން ހުރީ އުފަލުން ފޮޅިފައެވެ. ނޫރީންއަށް ވިހި އަހަރުވީއެވެ. މުޅި އުމުރު އިންތިޒާރުކުރަމުން އައި ދުވަސް އައީއެވެ. ބޭނުން ކޮންމެ ވަގުތެއްގައި މިހާރު ނޫރީންއަށް އިންސާނުންނަށް ފެނިލެވޭނެއެވެ. ހީވަނީ ނޫރީންއަށް ދުނިޔޭގައި ވާހާ އުފަލެއް އެއްފަހަރާ ލިބިގެން އުޅޭ ހެންނެވެ.
"މަންމަ ދޫންޏާ. ނިކަން މަންމަ ގާތުގައި މިތާ އިށީނދެބަލަ." ބަލިއެނދުގައި އޮތް ނޫރީންގެ މަންމަ ނަފީސާ އެދުނެވެ.
"ދަރިފުޅު ހަމަ އެހާ އުފާވޭތަ؟" ލޯބިން ނޫރީންގެ އަތުގައި ހިފާލަމުން ނަފީސާއަހާލިއެވެ.

"އާނ މަންމާ. އަހަރެން މުޅި އުމުރު އިންތިޒާރު މިކުރީ މިދުވަހަށް. މިހާރު އަހަރެން މީ މަންމަމެން ގޮތަށް ބޮޑު ހަންޑިއެއް. ދެން އަހަންނަކީ ކުޑަ ހަންޑިއެކޭ ކިޔާ ދިމާކުރެވޭނެ އެކަކުވެސް ނޫޅޭނެ." މަންމައަށް ބަލަން އިނދެގެން އުފާވެރިކަން ހާމަކުރިއެވެ.

"ދަރިފުޅާ މަންމަ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާ. މަންމަ މިހާރު މިއުޅެނީ ވަރަށް ބަލިވެ. މަންމައަށް މާ ގިނަ ވަގުތެއް ދެން އޮތްހެން މަންމައަށް ހިއެއް ނުވޭ. މަންމަ ބޭނުން ދަރިފުޅު ވަރަށް ރަނގަޅަށް މަންމަ ދައްކާ ވާހަކަ އަޑުއަހަން." ނަފީސާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ނޫން މަންމާ. ތިހެން ނުބުނޭ. މަންމަ ތީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ. މަންމައާއި ނުލާ އަހަރެން ކިހިނެއް ހަދާނީ؟ ކޮން ގޮތަކަށް އުޅޭނީ؟" ނޫރީންވެސް ދެރަވާގޮތްވިއެވެ.

"ދަރިފުޅާ. މިއަދުން ފެށިގެން ދަރިފުޅު ބޭނުންވާ ކޮންމެ ވަގުތަކު އިންސާނުންނަށް ދަރިފުޅު ފެންނާނެ. އެހެންވީމަ ވަރަށް ވިސްނައިގެން އުޅޭތި. ކުއްލިއަކަށް އެމީހުން ކުރިމައްޗަށް އަރައިފިއްޔާ ކަމަކު ނުދާނެ. އެމީހުން ދަރިފުޅަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ. އިންސާނުންނަކީ ދަރިފުޅު ތި ހީކުރާހާ މައުސޫމް ބައެއް ނޫން. އެމީހުންގެ ތެރެއަށް ގޮސް އައިސް ހަދާއިރު ދަރިފުޅު ހިތްހަމަ ނުޖެހޭ ކަންތައްތައް ވާނެ. އެކަމަކު މަންމަ އަބަދުވެސް ބުނާއެތި ހަނދާން ކުރާތި. އެންމެ މޮޅު އެންމެ ބާރުގަދަ މީހާއަކީ އެމީހާގެ ރުޅި މައިތިރި ކުރާ މީހާ. ބޭނުންވާ ހުރިހާ ކަމެއް ނުވާނެ. އެކަމުން މާޔޫސް ނުވާތި. ލިބޭ ކޮންމެ ނާކާމިޔާބީއަކީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ބަލާތި. ބާރުތަކުގެ ބޭނުން ކުރާއިރުގައި ވިސްނާތި މަންމަ ދޫންޏާ. ހަނދާން ކުރާތި. މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. މަންމަ ނޭދެން މަންމައަށް ލިބުނު ފަދަ ދެރައެއް ދަރިފުޅަށް ލިބޭކަށް" ނަފީސާ ބަލިއަޑުން ވާހަކަދައްކަމުން ދިޔައެވެ.

"ލައްބަ މަންމާ. އަހަރެން ވަރަށް ބަލައިން އުޅޭނީ. ބާރުގެ ބޭނުން ކުރާނީ ވަރަށް ވިސްނާފައި. މަންމަ އެކަމާ ހާސްނުވޭ. އަނެއްކާ މަންމަގެ ނޫރީންއަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ ކުއްޖެއް ނޫނެއްނު؟ މަންމައަށް އެނގޭނު އެކަން. އަހަރެންދެކެ ލޯބިވާނެ އިންސާނެއް ލިބެންދެން އަހަރެން ހުއްޓާނުލާނަން އަހަރެންގެ މަސައްކަތެއް. މަންމަ ބަލަން ހުންނާތި. އަހަރެން ހޯދާނީ އިންސާނުންގެ ތެރެއިން އެންމެ ލޯބި ފިރިހެން ކުއްޖާ." ނޫރީން ބޭނުންވާ ކަންތައް ހުއްޓާނުލާ މަންމައަށް ކިޔާދެމުން ދިޔައެވެ.

ލޯބިވާ މަންމަގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ ނޫރީންއަށް މަންމަގެ ދެލޯ މެރުނުއިރުވެސް ނޭނގުނެވެ. މަންމަ ނަފީސާގެ ދެލޯ މެރިގެން އެދިޔައީ ދެން ހުޅުވުމެއް ނެތްގޮތަށެވެ. ދަރިފުޅުގެ އުފަލުގައި ބައިވެރިވެ ހިނިތުންވެގެން އޮއްވައެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަހުގައި މަންމަ މި ފަނާވަނިވި ދުނިޔެއާއި ވަކިވީއެވެ. ނޫރީން އެކަނި ކޮއްލާފައެވެ. މަންމެގެ އަގުހުރި ނަސޭހަތްކޮޅާއެކުގައެވެ. މަންމައާއި ނުލާ ނޫރީން އުޅެން ޖެހޭނީ ވަރަށްވެސް އެކަނިވެރި ދިރިއުޅުމެކެވެ. ސުވާލަކީ މަންމަގެ ވަކިވުމައްފަހުވެސް ނޫރީން އިންސާނުންގެ ތެރެއިން ލޯބިވެރިއެއް ހޯދަން ބޭނުންވާނެ ހެއްޔެވެ؟ މަންމަގެ އެންމެ ފަހުގެ ނަސޭހަތް ގަބޫލުކޮށް އެގޮތަށް ކަންތައް ކުރެވޭނެ ހެއްޔެވެ؟

ނުނިމޭ

މިލިޔުން ކިޔާލުމުން
814
ގުޅުންހުރި ލިޔުންތައް

9 Responses

  1. Shafa

    Haadha kurey. Miarh vure dhigu kohlaba

  2. Muaz

    I am already in love with nooreen. Mothers name had been changed. Maybe the first one was a mistake. Anyhow the story’s first part was really fun and nice. But i think this is really short compared to your other stories. This story is a very unique idea. Hoping you would come up with more great ideads. Looking forward for the next part. Keep it up aye. ❤ love to nooreen and yes loved the dialougues

  3. އަނާ

    ،ަންމަގެ ނޭމް ފުރަތަމަ އިނީ އެހެން ނަމެއް. މޭބީ އޮޅިގެން. ވާހަކަ ވަރަށް ރީތި. ފްރެންޑެއް ބުނެގެން މި ވާހަކަ މި ކިޔަން ފެށީ. މިހާރު ބޭނުން ނަތާގެ ހުރިހާ ވާހަކައެއް ކިޔަން. ލުކް ފޯވަރޑް. ޔޫ ގޮޓްއަ ނިއު ފޭން. ހަބޭސް އައިޑިއާއެއް. ޓޯޓަލީ ލަވްޑް ދިސް

  4. Sama

    Hadi ey insaaneh hoadhany. Lol would be really funny. Maafhama aneh episofe?

  5. Saaji

    Thafathu story eh ekamves rythi vaane yageenunves..mi baive vr kuru ei mahsalayakee…dhen Kuda mistake eh ebain ei nooreen ge mamma yah furathama iny zaahidha liyevifa but ei olhigen kanneyge fahun iny nafeesa…ei mahsalaehnun nathage e mistake ma faanhaga kury mashahky nathage story abadhuves Kiya myhakah vathy nathage kuri erumaky nathage story thakah support kura myhunnah libeyne hiy Hama jehumeh kamuga vyma .. kuriyah oiy thagaves nathage story abadhuves ma kiyanan..story liyumaky Kuda kameh nun tnq natha mikahala thafathu story thakeh ahremen kiyumah liye dhwythy?

  6. ކިޔާރާ

    މިހާރު ހަންޑިން އުޅޭނެ ގޮތް ހިތަށް އެރުވޭ އެބަ. މާދަމާގެ ބަޔަށް އިންތިޒާރު ކުރަން. ދިގުކޮއްލައްޗޭ ނަތާ. ވަރަށް ހެވުނު ވާހަކަ ކީ އިރުގަ

  7. Kamana

    Varah maja vane hen heevey

  8. Fazil

    Vara thafaathu . V unique concept. Looking forward hee

    • މީހެއް

      It’s little different story & nice

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ