މިދިޔަ ހަފްތާ ބަންދުގައި އެތުލެޓިކޯގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ރެއަލް ކުރި ހޯދި މެޑްރިޑް ޑާބީގައި ރެއަލްގެ ބޭލް ކާމިޔާބުކޮށްދިން ލަނޑަށްފަހު އުފާފާޅު ކުރި އިރު އޭނާގެ ޢަމަލުތައް ހުރިގޮތުން 12 މެޗުގެ ސަސްޕެންޝަންއަކާ ކުރިމަތިލާން ޖެހިދާނެއެވެ.
29 އަހަރުގެ ބޭލް ރެއަލްއަށް ޖަހައިދިން 100 ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި އެތުލެޓިކޯ ސަޕޯރޓަރުންނާއި ދިމާއަށް އަތުގެ ހަރަކާތުން ކުރި އިޝާރަތަކީ ލަލީގާގައި ކުރުން މަނާ އިޝާރާތެކެވެ.
މިމައްސަލަ މިހާރު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށައަޅާފައިވާއިރު ބޭލްގެ އެއިޝާރާތްތައް ހުރީ ސީދާ އެތުލެތިކޯ ސަޕޯރޓަރުންނަށް ކަމަށްވާނަމަ މައްސަލައިގެ އަދަބު ބޮޑުވެގެން ހިނގައި ދާނެއެވެ. އާންމުކޮށް މިކަހަލަ މައްސަލަތަކުގެ އަދަބަކަށް 4 މެޗާއި 12 މެޗާއި ދެމެދުގެ ސަސްޕެންޝަނެއް އާދެއެވެ.