އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާއަށް ރިހި މެޑަލް ލިބިއްޖެއެވެ.
ފައިނަލްގައި މިއަދު ރާއްޖެ ބައްދަލުކޮށްފައިވަނީ މުބާރާތް ކުރިއަށްދާ މޮރިޝަސްއާއި ދެކޮޅަށެވެ. މޮރިޝަސްއާއި ދެކޮޅަށް ކުޅުނު މިމެޗުން ރާއްޖެ ބަލިވީ ސީދާ ދެސެޓުންނެވެ.
މިމެޗުގެ ސެޓުތައް މޮރިޝަސް ގެންގޮސްފައިވަނީ 18-21 އަދި 23-21 އިންނެވެ.

މީގެ އިތުރުން މިއަދު ކުޅުނު ބެޑްމިންޓަން އަންހެން ސިންގަލްސް ފައިނަލު ކާމިޔާބުކޮށް ނަބީހާވަނީ ރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ.
އަދި މިއަދު ބެޑްމިންޓަން އަންހެން ސިންގަލްސްއިން ނަބީހާ ހޯދި ރަންމެޑަލްއަކީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ބެޑްމިންޓަންގެ އިވެންޓަކުން ރާއްޖެއިން މިހާތަނަށް ހޯދި ފުރަތަމަ ރަން މެޑަލްއެވެ.



