ޝުގާރ ބެއާ ހެއާ - ފައިދާހުރި ވިޓަމިނެއް

ޝުގާރ ބެއާ ހެއާ އަކީ އިސްތަށިގަނޑު ވަރުގަދަ ކޮއްދޭ ވިޓަމިން އެކެވެ. މަޑު ނޫކުލައިގައި މެޓައެއް ގޮތަށް ހުންނަ ފޮނިރަހަލާ މިވިޓަމިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ފަންނާނުންވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ޝުގާރ ބެއާ ހެއާ ވަނީ ދިވެހިންގެ މަޤްބޫލުކަންވެސް ހޯދާފައެވެ.

ޝުގާރ ބެއާ ހެއާ އަކީ އިސްތަށި ފޭބުން މަދުކޮއްދީ އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކޮށްދޭ ވިޓަމިނެކެވެ.     ވިޓަމިން އޭ، ސީ، ޑީ، އީ، ބީ6، ބީ12،  ފޯލިކް އެސިޑް، އަޔޮޑިން، ޒިންކް، ބަޔޯޓިން އަދި ކާށިތެޔޮ މިއީ މި ވިޓަމިން ގުޅައިގައި ހިމެނޭ މާއްދާތަކެވެ.

މި ވިޓަމިން ބޭނުން ކުރަމުން ދާ ފަރާތްތަކުން ބުނާގޮތުގައި އެއްމަސް ދުވަސް ތެރޭގައި އިސްތަށިގަނޑަށް ހެޔޮ ބަދަލް އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ (އައްޒަ) އިންސްޓަގްރާމް ގައި ކޮއްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ " ޝުގާރ ބެއާ ހެއާއާއި ބެހޭގޮތުން އަޅުގަނޑު ކައިރީ ސުވަލުކުރާ މީހުންނަށް ބުނެލަން އޮތީ "އާން... މަސައްކަތްކުރޭ" ތަޖުރިބާ ކޮއްފަ މިބުނަނީ" މިހެންނެވެ.

އިސްތަށިގަނޑު ދިގުނުވެގެން، އިސްތަށިގަނޑު ބަލިކަށިވާތީ ނުވަތަ ބޮލުން އިސްތަށިފައިބާތީ ހިތާމަ ކުރާފަރާތްތަކުން ޝުގާރ ބެއާ ހެއާ ތަޖުރިބާ ކޮއްލުން ކިހިނެއްވާނެ ތޯ؟

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ