ޗެމްޕިއަންސް ލީގު ފައިނަލުންދަށްވެ، ހިތާމާގައި 10 ދުވަހު ބޭރަށް ނުނިކުމެއުޅުނިން - ޕޮޗެޓީނޯ

ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލުންދަށްވެ، އެކަމުގެ ހިތާމާގައި 10 ދުވަސްވަންދެއް ގެއިން ބޭރަށް ނުނިކުމެއުޅުނުކަމަށް އެމެޗުގައި ދަށްވި ޓޮޓޭންހާމްގެ ކޯޗު ޕޮޗެޓީނޯ ބުނެފިއެވެ.

މެޑްރިޑްގައި ކުޅެވުނު އެފައިނަލްގައި ލިވަޕޫލާއި ބައްދަލުކޮށް ޓޮޓޭންހާމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް ޕޮޗެޓީނޯގެ ނަޒަރުގައި ޓޮޓޭންހާމްއިންވަނީ އެމެޗުގައި ލިވަޕޫލަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ސަލާޙް ޖަހައިދިން ލަނޑަކުން ލިވަޕޫލް ލީޑުނެގިނަމަވެސް ފަހުވަގުތާއި ހަމައަށްވެސް ޓޮޓޭންހާމްވަނީ ހިތްވަރާއެކު މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކޮށްފައެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ ފަހު ވަގުތުކޮޅުގައި ޖަހާދީފައިފަވަނީ ޑިވޯކް އޮރިގީއެވެ.

ވަރުގަދަ މެންޗެސްޓާ ސިޓީ އަދި އަޔޭކްސް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޓޮޓޭންހާމް ބަލިވުމާއި ގުޅިގެން އެންމެ ބޮޑު އަސަރެއްކުރީ ކޯޗު ޕޮޗެޓީނޯއަށެވެ.

"މެޗުން ދަށްވުމުން ވަރަށް ދެރަވި. ޤަބޫލުކުރަންވެސް ދަތި އުފާވެރި ތިން ހަފްތާއަށްފަހު ފައިނަލުން ދަށްވުމުން ވަރަށް ދެރަވި" ޕޮޗެޓީނޯ ބުންޏެވެ.

މީގެއިތުރުން ޕޮޗެޓީނޯ ބުނީ، އެމެޗަށްފަހު ޖެހިގެންއައިދުވަހު ރޭލެއްގައި ބާސެލޯނާއަށް ދިޔައީކަމަށާއި، އެއަށްފަހު ގެއިން ބޭރަށް ނުނިކުމެ 10 ދުވަސް ހޭދަކުރިކަމަށެވެ.

އަދި ނިމުނު ސީޒަންގައި ލިބުނު ބޮޑު ހިތާމައިން އަރައިގަނެ ކުރިއަށްއޮތް ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދާކަމަށްވެސް ޕޮޗެޓީނޯވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ