ސަޕޯރޓަރެއް ހަޒާރޑްގައިގާ އޮޅުލައިގަނެގެން - ފޮޓޯ: ދި އިންޑިޕެންޑެންޓް

ޗެލްސީ ގެ މައްސަލައެއް އަނެއްކާވެސް ޔޫއެފާއަށް

ޔޫއެފާއިން އަނެއްކާވެސް ޗެލްސީގެ މައްސަލައެއް ބަލަންފަށައިފިއެވެ. ޔޫރޮޕާ ލީގުގައި މަލްމޯއާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މިމެޗުގައި ޗެލްސީ ސަޕޯރޓަރުންގެ ފަރާތުން ދަނޑު މައްޗަށް އެއްޗެހި އުކުމާއި ދަނޑަށް އެރުމުގެ މައްސަލައެއް ޔޫއެފާއަށް ހުށައެޅިފައިވާއިރު މިދިޔަ ޑިސެމްބަރ މަހުވެސް ޗެލްސީގެ ސަޕޯރޓަރުންގެ ފަރާތުން ފެނުނު ބޭއަދަބީ ޢަމަލުތަކުގެ ސަބަބުން ޔޫއެފާއިންވަނީ އެޓީމުގެ މައްސަލައެއް ބަލަން ފަށާފައެވެ.

ކުރިން ހުށައެޅުނު މައްސަލައިގެ އަދަބު ކަނޑައެޅުން މިމަހުގެ 28 އަށް ހަމަޖެހިފައި އޮތްއިރު ފަހުން ހުށައެޅުނު މައްސަލައިގެ ގޮތް ނިންމުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ. މިމައްސަލަތަކުގެ ސަބަބުން ޗެލްސީ ޖޫރުމަނާ ކުރެވޭނެ އިރު ސަޕޯރޓަރުންނާ ނުލާ މެޗުކުޅެންވެސް ޖެހިދާނެއެވެ.

ޔޫރޮޕާލީގުގައި ބުރާސްފަތި ދުވަހު ޗެލްސީގެ ސަޕޯރޓަރުންގެ ފަރާތުން ފެނުން ދެޢަމަލަކީވެސް (ދަނޑު މައްޗަށް އެއްޗެހި އުކުމާއި ދަނޑަށް އެރުން) ޔޫއެފާގެ ޑިސިޕްލިނަރީ ޤަވާޢިދުގެ އާރޓިކަލްގެ 16 (2) ދަށުން ކުރުން މަނާ ކަންތައްތަކެވެ.

ބުރާސްފަތި ދުވަހުގެ މެޗު ނިމުމާއިއެކު މަލްމޯގެ ސަޕޯރޓަރެއް ދަނޑަށްއަރައި ހަޒާރޑް ބައްދަލުކުރިއިރު އޮފިޝަލުން އޭނަ ބޭރުކުރުމުގެ ކުރިން ހަޒާރޑްވަނީ ހަޒާރޑްގެ ޖާރޒީ މިސަޕޯރޓަރަށް ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް