"ޖަޒީރާ" ގެ ޚަބަރެއްގެ މައްސަލަ މީޑިއާ ކައުންސިލަށް!

އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އިން ނެރުނު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ބަހާލި އެސްއޯއެފްގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހުންގެ ތެރޭގައި "ވަގުތު" ނޫހުގެ ސީއީއޯ އަޙްމަދު އިމްރާން ހިމެނޭކަމަށް ބުނެ އޮންލައިން ނޫސް "ޖަޒީރާ" އިން ޝާއިޢުކުރި ޙަބަރުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށައެޅުމަށް "ވަގުތު" އިން ނިންމައިފިއެވެ.

ވަގުތު އިން ރޭ ނުރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ނޫހުގެ ސީއީއޯގެ އެކައުންޓަށް ޚިޔާނާތުގެ ފައިސާ ވަތްކަމަށްބުނެ "ޖަޒީރާ" ނޫހުގައި ގެނެސްދީފައިވާ ޚަބަރަކީ ހަޤީޤަތް އޮޅުވާލުމަށް ގެނެސްދީފައިވާ ޚަބަރެއް ކަމަށާއި، އެ ޚަބަރުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެކަމަށެވެ.

"ވަގުތު" އިން ވިދާޅުވީ 2014 ގެ މެއި މަހުން ފެށިގެން 2015 ވަނަ އަހަރުގެ ނޮވެމްބަރާ ދެމެދު އެ ނޫހުގެ ސީއީއޯގެ މަޤާމުގައި ހުންނެވީ ހަސަން ޢަބްދުﷲ ކަމަށާއި، އޭގެ ފަހުން 3 ބޭފުޅަކު އެ މަޤާމް ފުރުއްވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިމްރާންވެސް "ވަގުތު" ގެ ސީއީއޯކަމުގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ އެ ނޫސް މިހާރު ހިންމުން އަންނަ "ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑް" ގައި ސީއީއޯގެ މަޤާމުގައި ބޭފުޅަކު ނެތްކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ވަގުތު" އިން ވިދާޅުވީ، "ޖަޒީރާ" ގައި ހަޤީގަތް އޮޅޭގޮތަށް ޚަބަރު ޝާއިއު ކުރުމާއެކު އެކަމުގެ ހަޤީގަތް އެ ނޫހަށް ސާފު ކޮށްދެއްވާފައިވާ ކަމަށާއި، ނަމަވެސް ޚަބަރު އިސްލާހު ކުރުމަށް "ޝަރުތުތަކެއް" ކޮށްފައިވާތީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"ޖަޒީރާ ނޫހުގައި ޚަބަރު ޝާއިއު ކޮށްފައިވަނީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކަމަށްވާތީ، އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅަން"ވަގުތު" އިން ވަނީ ނިންމާފައި." ރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ވަގުތު" އިން ވިދާޅުވީ، އޭސީސީގެ ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަކީ، އެ މައްސަލަ ކަންކަމުގެ ހަޤީގަތް ހާމަކުރުމުގައި އެ ނޫހުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށް، ޒާތީގޮތުން ކުރަމުން ގެންދާ ކަންކަން ކަމަށާއި، އެފަދަ އެފަދަ އެއްވެސް ކަމަކުން އެ ނޫސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ވަގުތު" އިން ވިދާޅުވީ، އެ ޚަބަރާއި ގުޅިގެން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި، އެ ނޫހާ ބެހޭގޮތުން މީސްމީޑިއާގައި ދޮގު މަޢުލޫމާތު ފަތުރަމުން ގެންދާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށްވެސް އެ ނޫހުގެ ޤާނޫނީ ޓީމުން ތައްޔާރުވަމުންދާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް "ވަގުތު" އަށް އަދި "ވަގުތު" ގެ މެނޭޖްމަންޓްގައި މަސައްކަތްކުރާ އެއްވެސް ބޭފުޅަކަށް ލިބިފައި ނުވާކަމުގެ ކަށަވަރުކަން "ވަގުތު" ގެ އެންމެހާ ކިޔުންތެރިންނަށް "ވަގުތު" އިން އަރުވަން." ރޭ ނެރުނު ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ލާރި ބެހިކަމަށް ތުހުމަތުކުރާ އެސްއޯއެފްގެ އެކައުންޓުން 155 ފަރާތަކަށް އެކި އަދަދުތަކުން ފައިސާ ފޮނުވާފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ލޮލް

    ލޮލް! ވަގުތު ބޭނެން އެތެޅެނީ.. އެތާ ކުރިން އުޅެފަ ހުރީމަ މި ބުނަނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ