ހިތުގެ އެދުން (3)

(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)

ނޫރީން އޮތީ ނިދާ ހަރުވެފައެވެ. ނީލްވެސް ކައިގެން ގޮސް އޮތީ ނިދޭތޯއެވެ. ނަމަވެސް ނިދޭގޮތެއް ނުވެއެވެ. ވިސްނެނީ ގޭގެގެ ފެންޑާގައި ނިދާފައި އޮތް ގޮތް ނޭނގޭ އަންހެން ކުއްޖާއާއި ދޭތެރޭގައެވެ. އެ ކުއްޖާގެ ރީތިކަމާއި ދޭތެރޭގައެވެ. ނީލްއަށް އެފަދަ ރީތި އަންހެން ކުއްޖަކު އަދި އަލަށްވެސް އެރަށުން ނުފެނެއެވެ.

"އެއީ ކޮން ކުއްޖެއްބާ. އުޅޭގޮތުން ބައެއް ފަހަރު ހީވޭ ހަމަނުޖެހޭ ކުއްޖެއް ހެން. އަނެއްބައި ފަހަރު ހީވޭ އެކުއްޖާ ހަމަ މައުސޫމްއީއޭވެސް. ކޮންމެ ގޮތެއް ވިޔަސް އެ ކުއްޖާ މިގޭގައި ހުންނާނީ ހަމައެކަނި ތަނެއް ލިބެންދެން ނު؟ އޭރަށް ވަންދެން އަނެއް ކޮޓަރީގައި އުޅެވޭގޮތް ހަދާނީ." ނީލްގެ ހިތަށް އަރަމުންދިޔައީ މިފަދަ އެތަކެއް އެއްޗެކެވެ.

މެންދަމުގެ ވަގުތެވެ. ނިދިފައި އޮތް ނޫރީންއަށް ހޭލެވިއްޖެއެވެ. ނުދަންނަ އަޑެއް އިވޭތީއެވެ. ސޯފާގެ އަރާމުކަމުން ތެދުވަން ބޭނުން ނުވިނަމަވެސް އެ އަޑޫގެ ސަބަބުން އުނދަގޫވާތީ ތެދުވަން މަޖުބޫރުވިއެވެ. ތުންދަމަމުން ސޯފާއިން ފައިބާ ހެދުމުގެ ފަސްބައި ނަގާ އަތަށް ޖަހާލިއެވެ.

"ޓިކް ޓިކް" ހުއްޓާ ނުލާ އެއަޑު އިވެމުންދިޔައެވެ. ނޫރީންގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. އެއީ ކޮން އަޑެއްތޯ ބަލަން ބޭނުންވިއެވެ. ޖައްސާފައިވާ ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ނޫރީންއަށް އެއްޗެހި ފެނުނަސް އެއީ ކޮން އެއްޗެއްސެއް ކަމެއް ވަކިވާވަރެއް ނުވެއެވެ. އަޑު އަންނަ ދިމާއަށް ވިސްނައިގެން ދިޔުމުން ގޮސް ހުއްޓުނީ އެހެން ކޮޓަރިއެއްގެ ދޮރުމައްޗަށެވެ. އެއަޑު އަންނަނީ އެ ކޮޓަރިންކަން ޔަގީންވިއެވެ. އެ އަޑަކީ ކޮން އަޑެއްކަން ބަލާހިތުން މިހާރު ހުރެވެނީއެއް ނޫނެވެ.

ދޮރު ކުރިމަތީގައި ހުރެގެން ދޮރު ހުޅުވާނެ ގޮތަކާއި ދޭތެރޭ ވިސްނާލިއެވެ. ނަމަވެސް ނޫރީންގެ ވިސްނުމަށް އެކަން ކުރާނެ އެއްވެސް ގޮތެއް ނައެވެ. ދޮރުގައި އަތްއަޅައި އެތަށް ފަހަރަކު ދޮރު ކޮއްޕަން މަސައްކަތްކުރިއެވެ. ދޮރުގެ ތަޅުގަ ހިފާ ދަމާވެސް ހެދިއެވެ. ކާމިޔާބު ނުވުމުން ވަށައިގެން ބަލާލުމައްފަހު ފާރު ކައިރިއަށް ޖެހިލާ ކޮޓަރިތެރެއަށް ދެމިގަތެވެ. ނޫރީން އަށް އެތަނުގައި ފާރެއް ނުވެސް ނެތް ފަދައެވެ. ބޮޑު އެނދެއްގައި ގައިމަތީ ރަޖާ ގަނޑެއް އަޅައިގެން ނިދާފައި އޮތް ނީލް ނުރީންގެ ލޮލުގައި އަޅައިގަތެވެ.

"ނިދާފައި އޮންނަ އިރު މި އިންސާނާވެސް ވަރަށް ރީތި ކަންނޭ" ނޫރީންގެ ހިތަށް އެރިއެވެ.

ނޫރީންދެންވެސް މަސައްކަތްފެށީ އެ އަޑު އަންނަ ދިމާއެއް ބަލާށެވެ. އެތަންމިތަނަށް ނަޒަރު ހިންގާ ހޯދުމައްފަހު ނޫރީންއަށް ފެނުނީ ފާރުގައި ހަރުކޮއްފައި ހުރި ގަޑިއެވެ.

"މީގެން ދޯ މި އަހަރެންގެ ބޮލަށް އުނދަގޫވާ އަޑު ގޮއްވަނީ؟ އެއީ ކީއްކުރާ އެއްޗެއްބާ؟ ކޮން އެއްޗެއްބާ އޭގައި ލިޔެފައި އެހެރީ؟ އޭގެން އެ އަޑު ގޮއްވަނީ ކީއްވެގެންބާ؟"

ނޫރީންގެ ހިތުގައި އެތައް ބައިވަރު ސުވާލުތަކެއް އުފެދުނެވެ. އެސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތެއް އެވަގުތުގައި ނެތެވެ. މީހާ ފިނިވެއްޖެއެވެ. އޭސީ ޖައްސާފައި ހުރުމުން މުޅި ކޮޓަރިވަނީ ފިނިވެފައެވެ. ނޫރީން ފިނި ބޮޑުވިއެވެ. އިންސާނުން އެމީހުންގެ ދަރިންގެ ގައިމަތީގައި ފިނިވެދާނެތީ ރަޖާއަޅާދޭ ހަނދާން ވީ ދެނެވެ. ދެވަނަ ފިކުރެއް ނެތި ފުންމައިގެން އެނދަށްއަރާ ނީލްގެ މަގަތުގައި ނޫރީން އޮށޯތެވެ. ގައިމަތީގައި ރަޖާގަނޑުގެ އެއްބައި އަޅަމުންނެވެ. ނީލްއަށް ކުރިމަތި ލައިގެން ނޫރީން ހަމަޖެހިލިއެވެ. މިކުރެވެނީ ކޮން ކަމެއް ކަމެއް އަދި ކިހާވަރެއްގެ ކަމެއްކަމެއް ނޫރީންއަކަށް ނުވިސްނެއެވެ. ހެނދުނު ނީލްގެ ހަރަކާތްތަށް ހުންނާނެ ގޮތެއް އަދި ނޫރީންއަށް ނޭނގެނީއެވެ.

މާގިނައިރުތަކެއް ނުވެ ނޫރީންއަށް ނިދިއްޖެއެވެ. ނިކަން އަރާމުކަންމަތީގައެވެ. ނިދީގައި ނޫރީންގެ އެއް އަތް ނީލްގެ ގައިމަތީގައި ބޭއްވުނެވެ. ނީލްއަށްވެސް ވީ ހަމައެފަދައިންނެވެ. އެއް އަތް ނޫރީންގެ ގައިމަތީގައި ބޭއްވުނެވެ. ދެމީހުންނަށް ތިބެވުނީ ވަރަށްވެސް ގާތުގައެވެ. އެކަކުގެ ނޭވާ އަނެކަކަށް އިހްސާސް ކުރެވޭހާ ގާތުގައެވެ.

ދުނިޔެމަތި އަލިވާންފެށުމާއި އެކު ކޮޓަރިތެރެއަށް ކުޑަދޮރުން އަލިވާން ފަށައިފިއެވެ. އަރާމު ނިންޖެއްގައި އޮތް ނީލްއަށް ލޯހުޅުވާލެވުނެވެ. ލޯހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ފެނުނީ ނޫރީންއެވެ. ނީލްގެ ގާތުގައި އަރާމުކޮށް އޮށޯވެގެން އޮއްވައެވެ. އިހްތިޔާރުން ބޭރުގައި ނީލްއަށް ހިނިތުންވެލަމުން އަތް ނަގާ ނޫރީންގެ މޫނުމައްޗަށް އެޅިފައި ވި އިސްތަށިތަށް ދުރައްޖައްސާލިއެވެ. އެއާއި އެކު ހަމަހޭވެރިކަން ވީ ފަދައިން ފުންމައިގެން ތެދުވަމުން ހަޅޭއްލަވައިގަތެވެ. ފުންމައިގެން ނޫރީންވެސް ތެދުވިއެވެ. ތެދުވުމާއި އެކު ނޫރީންވެސް ފެށީ ހަޅޭއްލަވާށެވެ. ދެމީހުން އެއްރާގެއްގައި އެއްވަރަކަށް ހަޅޭއްލަވަމުން ދިޔައެވެ.

"މަޑުކޮއްބަލަ. ނޫރީން ކީއްވެގެންތި ހަޅޭއްލަވަނީ؟" ނީލް ނޭވާ ހިފަހައްޓާލަން މަސައްކަތް ކުރަމުން އަހާލިއެވެ.

"ނީލްވެސް ހަޅޭއްލަވާތީއެއްނު؟" ނޫރީންވެސް ހަމަޖެހިލިއެވެ.

"އަހަންނަށް ހަޅޭއްލެވޭނެއެއްނު އަހަރެންނަށް ދެލޯ ހުޅުވުނު ގަޑީގައި ކުރިމަތީގައި ދެލޮލުން އަނދުންތައް ފާއްދާލައިގެން ، އަނގަ ހުޅުވިފައި އޮތް އަންހެނެއް ފެނުނީމަ. އަހަރެންވެސް ސިއްސައިގެންދާނެދޯ. އެހެން ނޫނަސް ނޫރީން ކީއްކުރަން މި ކޮޓަރިއަށް ވަނީ؟ ކިހިނެއް ވަނީ؟" ނީލް ހުއްޓުމެއް ނެތި ފުންޏަކަށް އަމުނާލިއެވެ.

"އަންހެނެކޭ؟ ނީލްއަށް އަހަރެން ފެންނަނީ އަންހެނެއްގެ ގޮތަށްތަ ؟ ކުއްޖެއްގެ ގޮތުގައެއް ނޫން؟ އަހަރެން ވަރަށް އުފާވެއްޖެ. ފުރަތަމަ ފަހަރަށް މީހަކު އަހަންނަކީ އަންހެނެކޭ ބުނީ." އުފަލުން ފޮޅެމުން ނޫރީން މޫނުގައި އަތް އަޅާލިއެވެ.

"ކިހިނެއްހޭ ކޮޓަރިއަށްވަނީ؟" ނޫރީންގެ މޮޔަކަމާއި ދޭތެރޭ ހައިރާންވެ ހުރެ ނީލް އަނެއްކާވެސް އަހާލިއެވެ.

"އެހެން މީހުންވަންނަނީ ކިހިނެއްތަ؟" ނޫރީން ހައިރާންވެލާފައި އަހާލިއެވެ.

"އެހެން މީހުން ވަންނަނީ ދޮރުން. ދެން ނޫރީންމެން ކަހަލަ ހަންޑިން ވަންނަގޮތް ކިޔާދީބަލަ" ހަމަޖެހިލައިގެން އެނދުގައި އިށީންނަމުން ނޫރީންއާއި ދިމާކޮއްލިއެވެ.

"އަހަރެންވަނީ އެހެރަ ފާރު ތެރެއިންލާފަ. ހިތްހަމަޖެހޭ؟" ނޫރީން މަޖަލަކަށް ހަދާ ހަގީގަތް ހާމަކުރިއެވެ.

"އެހެން ވިއްޔާ އަހަރެން ވަރަށް ބިރުގަންނަން ޖެހޭނެ އެއްނު؟ ކޮންމެ ތަނަކަށް ދޮރުން ވަނުމުގެ ބަދަލުގައި ފާރުން ވަންނަންޏާ" ނީލް ހިނިގަނޑެއް ޖަހާލިއެވެ. އެ ހިނިގަނޑުގައި ބައިވެރިވުމުގެ ގޮތުން ނޫރީންވެސް ހިނިގަނޑެއް ޖަހާލިއެވެ.

އެތަށްއިރެއް ވަންދެން ދެމީހުން ވެގެންދިޔަ ކަންތަކާއި ދޭތެރޭ ވާހަކަ ދައްކަމުން ހޭން ތިއްބެވެ. ނީލް ކޮޓަރިން ނުކުންނަން ގޮސް ދޮރުހުޅުވަން ހެދިގޮތް ވަރަށް ރަނގަޅަށް ބަލަން ނޫރީން ހުއްޓެވެ. ދެވަނަ ފަހަރު ދޮރު ހުޅުވަން އެނގޭނެކަމަށް ނިންމަމުންނެވެ.

"އަހަންނަށް އެނގިއްޖެއޭ މިވީ ގޮތް. އަހަންނަށް ބެހެއްޓުނީ ދޮރު ތަޅު ނުލާ. އެހެންވެގެންދޯ ވަނީ. އެކަމަކު ދެން ފަހަރަކު ޓަކި ޖަހާފައި ނޫނީ އަހަންނަށް ގޮވާލާފައި ވަންނަން ހަނދާންކުރާތި." އޯގާތެރިކަމާއި އެކު ނީލް އެދުނެވެ.

"ނީލް އެތާ މަތީ އެއިނީ ކޮން އެއްޗެއްތަ؟ އަސްލު ރޭގައި އޭގެން ފާޑެއްގެ އަޑެއް އިވޭތީ އަހަންނަށް އައިސް މި ކޮޓަރިއަށް ވަދެވުނީ. އެއީ ނީލް ކީއްކުރާ އެއްޗެއް. އޭގައި ލިޔެފައި އެހެރީ ކޮން އެއްޗެއް؟ އޭގެން އެ އިވޭ" ޓިކް ޓިކް" އިން ނީލްއަކަށް އުނދަގުލެއް ނުވޭތަ؟" ކޮޓަރިން ނުކުމެ ނުކުމެ ހުރި ނީލް ހުއްޓުވަމުން ގަޑިއަށް އިޝާރާތްކުރަމުން ނޫރީން އަހާލިއެވެ.

"އައިން. ހަމަ ރަނގަޅަށްވެސް ތިއީ ހަންޑިއެއްކަންނޭނގެ. އެއީ ގަޑިއެއް. މިޒަމާނުގައި ގަޑިއެއް ނޭނގޭ މީހަކު ހުރޭތަ؟" ބާރު ބާރަށް ހެމުން ނީލް ވާހަކަ ދެއްކިއެވެ.

"އަޖައިބެއް. އަހަންނަށް ކިހިނެއްތަ އެނގޭނީ؟ އަހަރެންގެ ގޭގައި ހުންނަ އެއްޗެއް ނޫންވީމަ. ނީލްއަށްވުރެ އަހަރެންނަށް މޮޅަށް ކުރަން އެނގޭ ކަންތައް ހުންނާނެ. އެނގޭ އެއްޗެހިވެސް ހުންނާނެ. އަހަންނާއި ދިމާނުކޮށް ހުރޭ." ނޫރީން ތުންދަމާލިއެވެ.

"އެންމެ ރަނގަޅޭ. ގަބޫލު ކޮއްފީމޭ ހަންޑިންނަށް ނޭނގިދާނެ ކަމަށް. އެކަމަކު އެހެން ވިއްޔާ ހަންޑިން އުޅެނީ ހާދަ ފަހަތެއްގައޭ ދޯ؟" ދެންވެސް ނީލް ބެލީ ނޫރީން ރުޅިއެރުވޭތޯއެވެ. ނޫރީން ހަގީގަތް ހާމަކުރި ނަމަވެސް ނީލް އެހުރިހާ ވާހަކައެއް ގަބޫލުކުރާ ހެނެއް ހިއެއް ނުވެއެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކުރީ ނީލްއެވެ. ނީލް ކުރާ ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއި އެކު ބަލަން ނޫރީން ހުއްޓެވެ. ކޮންމެ ހަރަކާތަކަށް ކަޅި ހުއްޓައިންނެވެ. ދެން ދުވަހަކުން ނޫރީންއަށް އެގޮތަށް ސައި ތައްޔާރުކުރަން އެނގޭނެއެވެ. އެއީ ނޫރީންގެ އެއް ބާރެވެ. މީހަކު ކަމެއް ބުނެދޭން ޖެހޭނީ ނޫނީ ކިޔާދޭން ޖެހޭނީ އެންމެ ފަހަރަކުއެވެ. ނޫރީން އެކަމެއް ދަސްކޮއްލާނެއެވެ.

"މިއަށް ކިޔަނީ ކީކޭ. މީތި ހާދަ މީރޭ. އަހަންނަށް މި އެއްޗެހި ކައިކައި އިނދެވިދާނެ ބަނޑު ފަޅައިގެން ދަންދެންވެސް." އެންމެ ފަހު ރޮށިކޮޅު އަނގަޔަށް ލަމުން ނޫރީން އިނގިލީގައި ދޫކާއްތަން ފެށިއެވެ.

"އެހެންތަ؟ މިއަށް ކިޔަނީ ރޮއްޓާއި މަސްހުނި" ނީލް ހިނިތުންވެލިއެވެ.

"ނޫރީންއަތުގައި ހެދުމެއްވެސް ނެތްތަ؟ ތި ބޮޑު ހެދުންގަނޑު ބާލާކަށް ނުވޭތަ؟" ނީލްއަށް އެ ވާހަކަ ނުފަށާ ނުއެއް ހުރެވުނެވެ.

"މި ހެދުމުގައި ކޮބާ މައްސަލައަކީ؟ ކިހާ ރީތި މިހެދުން؟ އެހެން ނޫނަސް އަހަރެން އަތުގައި އެހެން ހެދުމެއް ނޯވެޔޭ." ނޫރީން ތުން ދަމާލިއެވެ.

"މިގޭގައިވެސް އަންހެން ކުދިންގެ ހެދުމެއް ނުހުންނާނެ. މިވަގުތު އެކަމަކު ތި އެއްޗެހި ބަދަލުކުރަން އަހަރެންގެ ގަމީހަކާ ޖިންސެއް ދީފާނަން." އެހެން ބުނަމުން ނީލް ގޮސް ކޮޓަރިއަށް ވަދެ އޭނަ ލާން ގެންގުޅޭ ގަމީހަކާއި ޖިންސެއް ގެނެސްދިނެވެ.

"ދޭބަލަ ނިކަން މި ލައިގެން އަންނަން. ތި ލައިގެން އުޅޭ ބޮޑު ވެޑިންގ ޑްރެސްގަނޑު ބާލާފައި. އަހަރެންގެ ބޮލަށް އުނދަގޫވޭ އެބަ ތި ހެދުން ފެންނާތީ. ފެންވެސް ވަރައިގެން އަންނާތި."

އައު ހެދުމެއް ލިބިގެން އުފަލުން ނަށަމުން ނަށަމުން ގޮސް ނޫރީން ފާހާނާއަށްވަދެ އެއްޗެހިބާލާ ފެންވަރަން ތައްޔާރުވެލިއެވެ. ނަމަވެސް ހުއްޓުންއެރީ ފެނވަރަން ކަންތައް ކުރާނެ ގޮތެއް ނޭނގުމުންނެވެ.

"އަހަރެން ފެންވަރަނީ ހަމައެކަނި ވާރޭ ވެހޭއިރު. މިތަނުން އަހަރެން ކިހިނެއްބާ ފެންވަރާނީ؟" ނޫރީން ވިސްނަން ފެށިއެވެ.

ވަށައިގެން ހުރި އިސްކުރުތަކުގައި ތަޅާހެދިއެވެ. އެއަކުން ފެން އަންނަ ގޮތެއް ނުއެއް ވިއެވެ. ކޮންމެ ގޮތެއްވިޔަސް ފެންވަރަން ބޭނުންވާތީ އެއް އިސްކުރުގައި ހިފައި ގައިގަ ހުރި ބާރެއްލާ ދަމާލިއެވެ. އިސްކުރު ނެއްޓިގެން އައީ އަތަށެވެ. ހުއްޓުމެއް ނެތި ފެންތަށް ދޫވިއެވެ. ކޮންމެވެސް މައްސަލައެއް ދިމާވެއްޖެކަން އެނގުމާއި އެކު ނޫރީން ރޯމަހެއް މަރަށް ތެޅޭފަދައިން ތެޅިގަތެވެ.

"ނީލް. ނީލް އާދެބަ. ބަލާބަލަ މިއޮއްވީ ގޮތެއް" ނޫރީން އަޑުގެ ކޮޅަށް ހަޅޭއްލަވަން ފެށިއެވެ.
ސިޓިންގ ރޫމްގައި ޓީވީ އަޅުވައިގެން އިން ނީލް ސިއްސައިގެން ގޮސް ދުއްވައި ގަނެވުނު ގޮތްވެސް ނޭނގެއެވެ. ދިޔަގޮތަށްގޮސް ވިސްނާލުމެއް ނެތި ނޫރީން ކޮޓަރީގެ ފާހަނާ ދޮރުގައި ހިފާ ހުޅުވާލިއެވެ. އެއާއި އެކު ހަޅޭއްލަވައި ގަންނަމުން އަނެއްފަރާތަށް އެނބުރި ދޮރު ލައްޕާލަމުން މޫނުގައި އަތްއެޅިއެވެ. ނީލް ހިނިތުންވެލިއެވެ.

"ނޫރީންއަތުގައި ހެދުމެއްވެސް ނެތްތަ؟ ތި ބޮޑު ހެދުންގަނޑު ބާލާކަށް ނުވޭތަ؟" ނީލްއަށް އެ ވާހަކަ ނުފަށާ ނުއެއް ހުރެވުނެވެ.

"މި ހެދުމުގައި ކޮބާ މައްސަލައަކީ؟ ކިހާ ރީތި މިހެދުން؟ އެހެން ނޫނަސް އަހަރެން އަތުގައި އެހެން ހެދުމެއް ނޯވެޔޭ." ނޫރީން ތުން ދަމާލިއެވެ.

"މިގޭގައިވެސް އަންހެން ކުދިންގެ ހެދުމެއް ނުހުންނާނެ. މިވަގުތު އެކަމަކު ތި އެއްޗެހި ބަދަލުކުރަން އަހަރެންގެ ގަމީހަކާ ޖިންސެއް ދީފާނަން." އެހެން ބުނަމުން ނީލް ގޮސް ކޮޓަރިއަށް ވަދެ އޭނަ ލާން ގެންގުޅޭ ގަމީހަކާއި ޖިންސެއް ގެނެސްދިނެވެ.

"ދޭބަލަ ނިކަން މި ލައިގެން އަންނަން. ތި ލައިގެން އުޅޭ ބޮޑު ވެޑިންގ ޑްރެސްގަނޑު ބާލާފައި. އަހަރެންގެ ބޮލަށް އުނދަގޫވޭ އެބަ ތި ހެދުން ފެންނާތީ. ފެންވެސް ވަރައިގެން އަންނާތި."

އައު ހެދުމެއް ލިބިގެން އުފަލުން ނަށަމުން ނަށަމުން ގޮސް ނޫރީން ފާހާނާއަށްވަދެ އެއްޗެހިބާލާ ފެންވަރަން ތައްޔާރުވެލިއެވެ. ނަމަވެސް ހުއްޓުންއެރީ ފެނވަރަން ކަންތައް ކުރާނެ ގޮތެއް ނޭނގުމުންނެވެ.

"އަހަރެން ފެންވަރަނީ ހަމައެކަނި ވާރޭ ވެހޭއިރު. މިތަނުން އަހަރެން ކިހިނެއްބާ ފެންވަރާނީ؟" ނޫރީން ވިސްނަން ފެށިއެވެ.

ވަށައިގެން ހުރި އިސްކުރުތަކުގައި ތަޅާހެދިއެވެ. އެއަކުން ފެން އަންނަ ގޮތެއް ނުއެއް ވިއެވެ. ކޮންމެ ގޮތެއްވިޔަސް ފެންވަރަން ބޭނުންވާތީ އެއް އިސްކުރުގައި ހިފައި ގައިގަ ހުރި ބާރެއްލާ ދަމާލިއެވެ. އިސްކުރު ނެއްޓިގެން އައީ އަތަށެވެ. ހުއްޓުމެއް ނެތި ފެންތަށް ދޫވިއެވެ. ކޮންމެވެސް މައްސަލައެއް ދިމާވެއްޖެކަން އެނގުމާއި އެކު ނޫރީން ރޯމަހެއް މަރަށް ތެޅޭފަދައިން ތެޅިގަތެވެ.

"ނީލް. ނީލް އާދެބަ. ބަލާބަލަ މިއޮއްވީ ގޮތެއް" ނޫރީން އަޑުގެ ކޮޅަށް ހަޅޭއްލަވަން ފެށިއެވެ.

ސިޓިންގ ރޫމްގައި ޓީވީ އަޅުވައިގެން އިން ނީލް ސިއްސައިގެން ގޮސް ދުއްވައި ގަނެވުނު ގޮތްވެސް ނޭނގެއެވެ. ދިޔަގޮތަށްގޮސް ވިސްނާލުމެއް ނެތި ނޫރީން ކޮޓަރީގެ ފާހަނާ ދޮރުގައި ހިފާ ހުޅުވާލިއެވެ. އެއާއި އެކު ހަޅޭއްލަވައި ގަންނަމުން އަނެއްފަރާތަށް އެނބުރި ދޮރު ލައްޕާލަމުން މޫނުގައި އަތްއެޅިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
34
ގުޅުންހުރި ލިޔުންތައް

8 Responses

  1. Mariyam

    ??Vrh reethi

  2. Fazil

    ❤❤❤❤❤❤❤❤

  3. ރަސްރަނި

    ހަބޭސް

  4. ރާނީ

    ވ ރީތި ވާހަކައެއް. އަނެއް ބަޔަށް އިންތިޒާރު ކުރަން

  5. Fazu

    Nice

  6. Saaji

    Vr Maja e jinni kuhja ulheygoiy vr Kiya hiyvey kuriah huri baives vr salhi vr rythi…

  7. Azoo

    Varah thafaathu reethi vaahaka ey. Ekam maa kuree. Thankolheh dhigu kohlaba.

  8. Ranikamana⭐

    Natha story varah reethi. I dont regret reading this story. You are simply the best. ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ