"ކަނޑުފަޅުގެ ނަފާ"އަށް އެދޭ ލޯނަށް ހުށަހަޅަންޖެހޭ ރަހުނު އުނިކޮށްފި

ފިޝަރީޒް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަންޖެހޭ ރަހުނު އެމިނިސްޓްރީން އުނިކުރައްވައިފިއެވެ.

މިކަންއާންމުކޮށް މިއަދު އެމިނިސްޓްރީން ނެރުއްވި އިޢުލާނެއްގައި މިކަން ހާމަކޮށްފައިވާއިރު މިލޯނަށްއެދި ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން މިލޯނަށް އެދުމުގެ ފުރުޞަތު 01 އޮގަސްޓް 2019 އަށް ހަމަވުމާއިގުޅިގެން މިއަދުން (04 އޮގަސްޓް 2019) ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފައިވާކަމަށްވެސް އެމިނިސްޓްރީގެ އިޢުލާންގައިވެއެވެ.

މިލޯނުގެ މަޤްސަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަޤުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވުމަށް މަގުފަހިކޮށްދިނުންކަމުގައި އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވީ މިލޯނަށް ޖުމްލަ 3،084،000.00 (ތިއް މިލިއަން އަށްޑިހަ ހަތަރުހާސް) ރުފިޔާ ދޫކުރަން ހަމަޖެހިފައިވާކަމަށެވެ.

ލޯނަށްއެދޭ ފޯމްތައް އެސް.ޑީ.އެފް.ސީ އިން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑީއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އަދި އެސް.ޑީ.އެފް.ސީ ގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިލޯނަށް އެދެވޭ އެންމެފަހު މުއްދަތަކީ 02 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ